ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފި

ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފި

ބައި- އިލެކްޝަންގެ ފޮށިތައް ބަންދުކޮާށް ވޯޓު ގުނަން ފަށައިފި

8 months ago - 17:31
Jan 13, 2024 - 17:37

މާލެ ސިޓީގެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުމުގެ ވަގުތުހަމަވެ، ކިއުތައް ބަންދުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ގޮތުގައި ވޯޓު ގުނަން ފަށާނީ 17:30ގައި ކަމަށެވެ. 

މިއިންތިޚާބުގައި މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއެވެ.

އަދި މ.މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް މިއަދު ވަނީ ބާއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ މިރޭ 8 ޖަހާއިރު ވަގުތީ ނަތީޖާ އިޢުލާން ކުރެވޭނެ ކަމަށެވެ.

މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ކަނޑައަޅާފައިވަނީ ހެނދުނު 08:00އިން ހަވީރު 05:00އަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow