ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަން ނިންމައިފި

ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަން ނިންމައިފި

ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަން ނިންމައިފި

6 months ago - 13:56
Jan 14, 2024 - 14:44

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރައްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭޔަރާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އާއި މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނެވެ.

މިބައި- އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ ރޭ އިލެކްޝަންސް ކޮމިޝަނުންވަނީ އިޢުލާންކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އިއްޔެގެ ބައި-އިލެކްޝަނުގައި 56،002 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު ވޯޓު ލާފައިވަނީ 32 އިންސައްތައެއްހާ މީހުންނެވެ.

"އާއްމު ގޮތެއްގައި ބައި-އިލެކްޝަނެއްގައި، ޚާއްސަ ގޮތެއްގައި ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލާ މީހުންގެ އަދަދު ވަރަށް މަދުވޭ. ބޮޑު އިންތިޚާބަކަށް ވެސް އެންމެ ފަހުން ބޭއްވި 2020ގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވޯޓުލީ ގާތްގަނޑަކަށް 21،000 މީހުން. 17،000 މީހުން ގާތްގަނޑަކަށް މި ބައި- އިލެކްޝަނުގައި ވޯޓުލައިފި. އެހެންވީމަ އެއަދަދަކީ އެހާ ގޯސް އަދަދެއް ކަމަށް ބެލެވޭކަށް ނެތް،" ހަބީބު ވިދާޅުވިއެވެ.

ބައި- އިލެކްޝަންގައި ވޯޓު ފޮށިތައް ބަންދުކޮށް ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ލިބުނީ ހަތް ޝަކުވާ ކަމަށެވެ. އޭގެ ތެރެއިން ތަހުގީގު ކުރަން ޖެހޭ މައްސަލައެއްވާނަމަ އެ މައްސަލަތައް ތަހުގީގު ކުރައްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް މުހިންމު އިންތިޚާބުތަކެއް ހުރިކަން ފާހަގަކުރައްވައި ހަބީބު ވަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދެމެހެއްޓުމަށާއި ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމުގައި އެއްބާރުލުން ދެއްވުމަށް ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން އެދިވަޑައިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow