ރައީސް މުއިއްޒުގެ ކޮއްކޮ ހިމެނޭހެން 13 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލާ ޕީ.އެން.ސީގެ ޓެކެޓް ދޭން ނިންމައިފި

ރައީސް މުއިއްޒުގެ ކޮއްކޮ ހިމެނޭހެން 13 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލާ ޕީ.އެން.ސީގެ ޓެކެޓް ދޭން ނިންމައިފި

ޕްރައިމަރީގައި ވާދަކުރުމެއް ނެތި މަޖިލީހުގައި ވާދަކުރުމަށް ޕީ.އެން.ސީގެ ޓިކެޓު 13 ބޭފުޅަކަށް ދޭން އެޕާޓިން ނިންމައިފި...

8 months ago - 13:51
Jan 23, 2024 - 14:31

އަންނަ މާޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީއާ ނުލައި ތޭރަ ބޭފުޅަކަށް ޓިކެޓު ދޭން ނިންމައިފިއެވެ.

މިއަދު ޕީ.އެން.ސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ތޭރަ ބޭފުޅަކަށް ޕްރައިމަރީގައި ވާދަކުރުމެއް ނެތި ޓިކެޓު ކަޝަވަރު ވެފައިވާ ކަމަށެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރު ވެފައިވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮއްކޯފުޅު ފާޠިމަތު ސައުދާ އާއި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ހިމެނެއެވެ.

މީގެ ތެރެއިން ރައީސްގެ ކޮއްކޯފުޅު ސައުދާ ވާދަކުރައްވަނީ ފ. އަތޮޅު ނިލަންދޫ ދާއިރާ އަށެވެ. އަދި އަބްދުއްރަހީމް ވާދަކުރައްވަނީ އޭނާގެ އުފަންރަށް ފޮނަދޫ ދާއިރާއަށެވެ.  

މީގެ އިތުރުން އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރެއިން ޓިކެޓް ދީފައިވާ ބޭފުޅުންނަކީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގް އާއި ބާރަށުދާއިރާގެ ޓިކެޓު އެދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ހިމެނެއެވެ.

ތަފްސީލް އަންނަނީ...

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow