މަސައްކަތް ކުރަން ބޭނުންވަނީ އިހްތިޞާސްގެ ތެރެއިން: މޭޔަރ އާޒިމް

މަސައްކަތް ކުރަން ބޭނުންވަނީ އިހްތިޞާސްގެ ތެރެއިން: މޭޔަރ އާޒިމް

މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުރެ އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަޅުގަނޑުގެ އިހުތިސޯސްގެ ތެރެއިން އެ ދެވެން އޮތް އެއްބާރުލުމާއި އެހީތެރިކަން އަރުވައިގެން. މިއީ ލާމަރުކަޒީ ގާނޫނު ދަންނަ ހަމަ އާއި ލަމަ

8 months ago - 12:04
Jan 23, 2024 - 12:04
Advertisement

މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި ދެކެނީ އިހްތިޞާސްގެ ތެރެއިން ސަރުކާރަށާއި ދައުލަތަށް އެއްބާރުލުން ދިނުން ކަމުގައި މާލޭގެ މޭޔަރު ކަމާ ރޭ ޙަވާލުވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރާއި އިތުރު ތިން ކައުންސިލަރުން ހުވާކޮށް މަގާމާ ޙަވާލުވުމަށް ރޭ ބޭއްވި ދަރުބާރުގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ދަންނަ ހަމައަކީ އިހްތިޞާސްގެ ތެރެއިން ދައުލަތަށާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް އެއްބާރުލުންދީގެން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ލާބައާ މަންފާލިބޭ އެއްވެސް ކަމެއްގައި ހުރަހަކަށް އޭނާ ވެވަޑައިނުގަންނަވާނެ ކަމަށެވެ.

Advertisement

އަދި މޭޔަރުގެ ކެމްޕެއިންގައި ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ކުރިއަށް ގެންދެވޭނީ ސަރުކާރުގެ އެއްބާލުން ލިބިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާއަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެން އާޒިމް ވިދާޅުވީ މެނިފެސްޓޯގައިވާ ކަންކަން ކުރުމާއި ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށާއި އެކަންކަމުގައި ސިޓީ ކައުންސިލަށް  ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement