ނަފުސާނީ ސިއްހަތާބެހޭ ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

ނަފުސާނީ ސިއްހަތާބެހޭ ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

56 minutes ago - 11:23
Oct 10, 2026 - 11:24
Advertisement
Advertisement

ދިވެހިރާއްޖޭގައި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ހަރުދަނާކޮށް، ގައުމީ ފެންވަރުގެ ނަފުސާނީ ސިޔާސަތަކާއި ފުރިހަމަ "ނަފުސާނީ ސިއްހަތާބެހޭ ގާނޫނެއް" އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުރާލާ ބަލި ދެނެގަނެ، ފަސޭހައިން ހިދުމަތް ލިބޭނެ އިންސާފުވެރި ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި، 'ނަފުސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029' ގެ ދަށުން ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާނީ ނަފުސާނީ ދަތިތައް އަމިއްލައަށް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާއާއި ބައިވެރިވުމާ އެކު، ރައްޔިތުންގެ ހަގީގީ ބޭނުންތަކަށް ރިއާޔަތްކޮށްގެންނެވެ.


މީގެ އިތުރުން، އާންމު ސިއްހީ ހިދުމަތުގެ ތެރެއަށް ނަފުސާނީ ސިއްހީ ހިދުމަތްތައް ލާމެހިގެންދާނެ ގޮތް ހަމަޖެއްސުމާއި، ސަރަހައްދީ ފެންވަރުގައާއި ސްޕެޝަލިސްޓް ފަރުވާގެ ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ހާމަކުރެއްވި އެވެ. އަދި ޓެލެ-މެންޓަލް ހެލްތުގެ ހިދުމަތްތަކާއި ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ދެވޭނެ އިންތިޒާމުތައް ފުޅާކުރުމަކީވެސް ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement