
މަތީ ތައުލީމަށް 500 ލޯނު ފުރުސަތު ހުޅުވާލައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން 500 ލޯނު ފުރުސަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ މި އަހަރު ހުޅުވައިލަނީ 500 ލޯނު ފުރުސަތަށް ކަމަށެވެ. މި ފުރުސަތުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި، އަދި މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް ލޯނަށް އެދެވޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން، ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި އިންޓާންޝިޕް ހަދަން ބޭނުންވާ ދަރިވަރުންނަށް 700،000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށް ޓޮޕްއަޕް ލޯނަށްވެސް އެދެވޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ލޯނަށް އެދި ހުށަހެޅުމުގެ އެންމެފަހުގެ ސުންގަޑިއަކީ އޭޕްރީލު މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
ރިއެކްޝަންސް






