
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރީ 20 އަހަރުގެ ޒުވާނެއް
އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެރޮ ޖެހި މައްސަލައިގައި ހައްޔަރުކުރީ 20 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރީ ގއ.ދާންދޫ ސުލްޠާން ވިލާ އަހުމަދު ރިޝްމާހު އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ކޯޓުން ވަނީ އޭނާ 15 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
އޭނާ ކަޅުތެޔޮ ޖެހީ މަންދީ ގަޔަށް ކަމެއް ފުލުހުން ނުބުނެއެވެ. އޭގެ ބަދަލުގައި ފުލުހުން ބުނީ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފަދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެމީހަކު ކަޅުތެޔޮ ޖެހި މައްސަލައިގައި ތުހުމަތަށް ރިޝްމާން ހައްޔަރުކުރި ކަމަށެވެ.
މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






