ހުޅުމާލޭ ފިހާރައެއްގައި ވިއްކަން ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލޭ ފިހާރައެއްގައި ވިއްކަން ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

1 hour ago - 10:27
Advertisement
Advertisement

ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ބަހައްޓާފައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


ފުލުހުން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ހިންގާ ފިހާރައެއްގައި ބާތިލު ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ހިނގާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެހެން ދީންތައް ރަމްޒުކޮށްދޭ ފަދަ 6 ޕޮޓެއް ވިއްކަން ބަހައްޓާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.


ފުލުހުން ވަނީ އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް، އެއީ ކޮން ފިހާރައެއް ކަމެއް އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުން، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ ޝިއާރުތަކާއި އެފަދަ ދީންތައް ރަމްޒުކޮށްދޭ ތަކެތި ރާއްޖޭގައި ގެންގުޅުމާއި، ވިއްކުމާއި އަދި ފެތުރުމަކީ މަނާކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement