ލަންކާގެ ރައީސްގެ ޒިޔާރަތަކީ ދިގުދެމިގެންވީ ގުޅުން އިތުރަށް ހަރުދަނާ ކުރަން ލިބޭ ފުރުޞަތެއް- ރައީސް މުއިއްޒު
ރައީސް ޑރ.މުޙައްމަދު މުއިއްޒުއާއި ސްރީލަންކާގެ ރައީސް ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ލަންކާގެ ރައީސްގެ ޒިޔާރަތަކީ ދިގުދެމިގެންވީ ގުޅުން އިތުރަށް ހަރުދަނާ ކުރަން ލިބޭ ފުރުޞަތެއް- ރައީސް މުއިއްޒު

18 hours ago - 00:11
Jul 29, 2025 - 09:13
Advertisement
Advertisement

ލަންކާގެ ރައީސްގެ ޒިޔާރަތަކީ ދިގުދެމިގެންވީ ގުޅުން އިތުރަށް ހަރުދަނާ ކުރަން ލިބޭ ފުރުޞަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލަންކާގެ ރައީސްގެ ޒިޔާރަތަކީ އެކުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް އާކޮށް, އިރުތަށް ގުޅުން ހަރުދަނާކުރުމަށްވެސް ލިބޭ ފުރުޞަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭއާ ލަންކާގެ ވާހަކަތައް ވަނީ ގުޅިލާމެހިފައި ކަމަށެވެ. ތާރީޙްގައި ލިޔެވިފައިވާފަދައިން ދެގައުމުގެ ދެމެދުގައި ވަނީ އެތައް ޤަރުނެއްވީ ދިގު ރަހުމަތްތެރިކަމެއް ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެގުޅުންތައް އިތުރަށް ފައްކާވީ މީގެ 60 އަހަރު ކުރިން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރެވުމާ ހަމައިން ކަމަށެވެ. ލަންކާއަކީ ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އެންމެ ފުރަތަމަ ރާއްޖެއާ ސިޔާސީގުޅުން ޤާއިމްކުރި އެއް ޤައުމެވެ. 

"އަޅުގަނޑު ޔަޤީންކުރަން ރައީސް ދިސަނައިކާގެ މި ދަތުރާއެކު ދެގައުމުގެ ދެމެގުގައި މިއޮތް އަަވައްޓެރިކަމުގެ ގުުޅުމެ ތެރެއިން އިތުރު ކަންކަމަށް މަގުފަހިވެގެންދާނެކަމަށް." ރައީސް ވިދާޅުވިއެވެ.

ދަތުރުގެ މަޝްވަރާތަކުންވެސް ދެ ގައުމުގެ ގުޅުން އިތުރު ގިނަ ދާއިރާތަކަކުން ހަރުދަނާކުރެވޭނެ މަގުތައް ކޮށިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި ދިފާއު, ތައުލީމާއި ވޮކޭޝަނަލް ޓްރެެއިނިންގ ހިމެނޭކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާނުންނާ ގުޅޭ ގިނަ ކަންކަމާއި ތިމާވެށިގެ ކަންކަމާއި, ދަނޑުވެރިކަމާއި މަސްވެރިކަންވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

Advertisement
Advertisement

ލަންކާގެ އިޤްތިޞާދަށް ދާދީ ފަހުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް ރައީސް ދިސަނައިކާ ގެންގުޅުވި ސަޔާސަތުތަކަށްވެސް ރައީސް މުއިއްޒު ވަނީ  ތައުރީފުކުރައްވާފައެވެ. ރައީސްގެ މޭސްތިރިކަމުގެ ދަށުން ސްރީ ލަންކާއިން އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާނެކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދަތުރުގެ ތެރެއިން ސޮއިކުރެވުނު  އެއްބަސްވުންތަކާއެކު  ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނެއް ސްރީލަންކާގައި ދިރިއުޅޭކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ފުރުޞަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފެންވަރު ރަނގަޅު ކޮންސިއުލާ ހިދުމަތް ދިނުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ވަނީ އެއް އަހަރު ދުވަހުގެ މެޑިކަލް އަދި ސްޕައުސް ވިސާވެސް ތަޢާރަފް ކޮށްފައެއެވެ. އެކަމަށްޓަކައިވެސް ރައީސް މުއިއްޒު ވަނީ ލަންކާގެ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement