
ގާޑިއޯލާ ސިޓީގެ އެއްބަސްވުން ނިމުމުން 15 އަހަރުގެ ދިގު ބްރޭކެއް ނަގަނީ!
މެންޗެސްޓަރ ސިޓީ އާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމުން ކޯޗިން އިން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށާއި, އެ ބްރޭކް 15 އަހަރަށްވެސް ދެމިގެން ގޮސްދާނެކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
54 އަހަރުގެ ގާޑިއޯލާއަކީ ސިޓީގެ ތާރީޙްގައި މިހާތަނަށް އެންމެ ކާމިޔާބު ކޯޗެވެ. ޗެމްޕިއަންސް ލީގާއި ހަ ޕްރިމިއަރ ލީގާއެކު ގާޑިއޯލާ ވަނީ 18 ތަށި ސިޓީއަށް ހާސިލްކޮށްދީފައެވެ.
ގާޑިއޯލާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2027 ގައެވެ. އީއެސްޕީއެންއަށް ދިން ބަސްދީގަތުމެއްގައި ގާޑިއޯލާ ވަނީ ސިޓީގެ އެއްބަސްވުން ނިމުމުން ބޮޑު ބްރޭކަކަށް ދާން ނިންމާފައިވާކަށް ކަށަވަރުކޮށްދީފައެވެ.
"އަހަންނަށް އިނގޭ ސިޓިއާއެކު މިހާރު މި ހުރި ހިސާބުން ދެން އަހަރެން ނިންމާލާނީކަން. އެކަން މާބޮޑަށްވެސް ޔަޤީން. އެކަމަކު އެ ނިންމުން ދެމިގެންދާނީ ކިހާ ދުވަހެއް ވަންދެންކަމެއް ނޭނެގެ. އަަހަރެއް, ދެއަހަރު, ތިންއަހަރު, ފަހެއް, ދިހައެއް ނުނީ ފަނަރަ ކަމަށްވެސް ވެދާނެ. ހުއްޓާލާފަ އަހަރެންގެ ހަށިގަނޑާ ދޭތެރޭ ވިސްނަން އެބަ ޖެހޭ" ގާޑިއޯލާ ބުނެފައި ވެއެވެ.
މިދިޔަ ނޮވެމްބަރު މަހު ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރި ގާޑިއޯލާ މިދިޔަ ސީޒަން ނިންމާލާފައިނީ ހުސްއަތާއެވެ. މިއީ 2016 ގައި ގާޑިއޯލާ ކްލަބާ ހަވާލުވިފަހުން ތައްޓެއްގައި އަތްލާން ނުލިބި ސިޓީ ނިންމާލި ފުރަތަމަ ސީޒަންއެވެ.
"މިއަހަރު ފަސް ނޫނީ ހަ މަސްވަންދެން އަވޭ ސްޓޭޑިއަމްތަކުގައި ކުޅުނު ކޮންމެ މެޗެއްގައިވެސް ކްރައުޑް ގޮވަމުންދިޔައީ އިރު އަރާއިރު އަހަރެން ވަކިކުރާނެއޭ. މިނޫން އެހެން ވަޒީފާއެއް ނޯއްނާނެ 60,000 މީހުން އެއްފަހަރާ ކަލޭގެ ވަޒީފާ ގެއްލޭނެ އޭ ގޮވާނެ. ހަ ޕްއިމިއަރ ލީގު ހޯދުމަށްފަހު ދަށަށްދާނެ ވަގުތެއްވެސް އައިދާނެ. އެއީ އިންސާނީ ޠަބީއަތް. އެއީ އެކަން ވާން އޮންނަ ގޮތް. މިފަަހަރު އެކަން ވާން މާގިނަ ވަގުތުވެސް ނެގި. އެހެންވެ މިހާރު އެކަން ވާއިރު އޭގެން ކުރާ އަސަރުވެސް މާ ފުންވާނެ" ގާޑިއޯލާ ބުނެފައި ވެއެވެ.
ކުރިއަށް އޮތް ސީޒަން އަންނަމަހު 16 ގައި ސިޓީން ފަށާއިރު އަނިޔާގެ މައްސަލަތަކުން އަރައިގަނެ ސިޓީން ގަދަކޮށް އެނބުރި އަންނާނެކަމަށް ގާޑިއޯލާ އުއްމީދުކުރެއެވެ.
ރިއެކްޝަންސް






