އެތްލެޓިކޯ މެޑްރިޑް އެނބުރި ރަށަށްދާންޖެހުމުން ސިމިއޯނީގެ ރުޅިގަނޑު ރެފްރީންނަށް
އެތްލެޓިކޯގެ ކޯޗު ސިމިއޯނީ

އެތްލެޓިކޯ މެޑްރިޑް އެނބުރި ރަށަށްދާންޖެހުމުން ސިމިއޯނީގެ ރުޅިގަނޑު ރެފްރީންނަށް

4 hours ago - 10:34
Jun 24, 2025 - 10:51

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައި, އުއްމީދުކުރި ވަރަށްވުރެ އަވަަހަށް ދަބަސް ތައްޔާރުކޮށް ރަށަށް ފުުރަންޖެހުމުން  އެތްލެޓިކޯ މެޑްރިޑްގެ ކޯޗު, ޑިއެގޯ ސިމިއޯނީގެ ރުޅިގަނޑު މުބާރާތުގެ ރެފްރީންނަށް އަމާޒުކޮށްފިއެވެ. 

މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެތްލެޓިކޯއިން ކާމިޔާބުކުރިއިރު ބަލިވީ ފުރަތަމަ މެޗުގެއި ޕީއެސްޖީއަތުންނެވެ. ގްރޫޕް-ބީގެ ފަހު މެޗުގައި 1-0 ން ބޮޓާފާގޯ ބަލިކުރި ނަމަވެސް ބޮޓާފާގޯ އެފްސީ އާއެކު ތިން ޓީމަށްވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އެތްލެޓިކޯ ކެޓީ ގޯލްގެ ތަފާތާއެކުއެވެ.

ޕީއެސްޖީ އަތުން 4-0 ން ފުރަތަމަ މެޗުގައި ވި ބައްޔަކީ އެތްލެޓިކޯއިން މުބާރާތާ އެހާއަވަށް ވަކިވާންޖެހުނު ސަބަބެވެ. މެޗަށްފަހު ސިމިއޯނީ ވަނީ އެތްލެޓިކޯއިން މުބާރާތާ ވަކިވާންޖެހުނު މައިގަނޑު ސަބަބަލީ ރެފްރީން ކަމަށް ބުނެފައެވެ. 

"އަަހަރެންގެ ކުޅުންތެރިނާމެދު ފަހުރުވެރިވޭ. އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރިން . އެކަމަކު ހުރިހާ ކަމެއް ފަނުފުލުން ދިޔައީ މުބާރާތުގެ އޮފިޝަލުންގެ ސަބަބުން" މެޗަށްފަހު ސިމިއޯނީ ބުނެފައި ވެއެވެެ.

Advertisement
Advertisement

ސިމިއޯނީ ބުނީ ހަ ޕޮއިންޓް ހޯދުމުން އެއީ ޓީމުގެ މައްސަލަ ނޫންކަން އެނގޭ ކަމަށާއި, ހުރިހާވެސް މައްސަލައަކީ ޕީއެސްޖީ އާ ދެކޮޅަށް ކުޅުނު މެޗު ކަމަށެވެ. އަދި އެމެޗުގައި ރެފްރީގެ ކޮންމެ ނިންމުމެއް ހުރީ އެތްޓިކޯއާ ދެކޮޅަށް ކަމަށާއި, މިއަދުގެ މެޗުގައިވެސް އެތްލެޓިކޯއަށް ލިބެންޖެހޭ ޕެނަލްޓީ ރެފްރީ ދީފައިނުވާކަމަށް ސިމިއޯނީ ވަނީ ބުނެފައެވެ. 

އޭނާ އިތުރަަށް ބުނީ ކްލަބެއްގެ ގޮތުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެނގޭ ކަމަށާއި, އޭނާއާއި މުޅީ ޓީމުންވެސް އެކަމަށް މަސައްކަތް ކުރާނެ ކަމުގައެވެ. އަދި އެންމެން އެކުގައި މިކަމުން އަރައިގަންނަށް މަސައްކަތް ކުރާނެކަމަށްވެސް ސިމިއޯނީ ވަނީ ބުނެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow