ރެއާލް މެޑްރިޑާއެކު މޮޑްރިޗް އަދި އަންޗެލޮއްޓީގެ ވަދާއު، ލަލީގާ ގެ ފަހު މެޗުން ރެއާލް މޮޅު
ޓްރިބިއުޓްގެ ބައެއް މަންޒަރުތައް. ފޮޓޯ: ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑާއެކު މޮޑްރިޗް އަދި އަންޗެލޮއްޓީގެ ވަދާއު، ލަލީގާ ގެ ފަހު މެޗުން ރެއާލް މޮޅު

5 hours ago - 22:52
May 24, 2025 - 22:53

ސްޕެނިޝް ލަލީގާގެ މިސީޒަންގެ ފަހު މެޗުގައި 2-0 ން ރެއާލް މެޑްރިޑް މޮޅުވެ, މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަދި ކާލޯ އަންޗޮލެއްޓީއަށް ވަދާއީ ޓްރިބިއުޓެއް ދީފިއެވެ. ރެއާލްގެ އަމިއްލަ ދަނޑު, ސެންޓިއޭގޯ ބާނަނބެއުގައި ކުޅުނު މެޗުން ރެއާލް ސޮސިއެޑާޑް ކޮޅަށް ދެ ގޯލްވެސް ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ އެވެ. 

މެޗު ކުޅުނު އިރުވެސް ވާދަވެރި ބާސެލޯނާއަށް ލީގު ކަށަވަރުވެ ލީގުގެ ދެވަނަ ރެއާލް އަށްވެސް ވަނީ ކަށަވަރުވެފައެވެ.

މެޗުގެ 38 ވަނަ މިނިޓްގައި އެމްބާޕޭގެ ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީ ކީޕަރު ސޭވްކޮށް އޭގެ ރީބައުންޑް ގޯލްގެ ތެރެއަށް  ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 83 ވަނަ މިނިޓްގައި ދެވަނަ ގޯލް އެމްބާޕޭ ކާމިޔާބުކުރީ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ. 31 ގޯލާއެކު މިސީޒަނުގައި ލަލީގާގެ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިއަކީވެސް އެމްބާޕޭއެވެ. 

މިއީ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނެ ފަހު މެޗެވެ. މޮޑްރިޗް ރެއާލް އާ މުޅިން ވަކިވާނީ ކްލަބް ވޯލްޑްކަޕަށްފަހުއެވެ. ނަމަވެސް މިއީ ރެއާލްގެ ދަނޑުގައި އޭނާގެ ފަހު މެޗެވެ.

Advertisement
Advertisement

ހޮނިހިރު ދުވަހުގެ މެޗަކީ ރެއާލް އަދި ބާނަބެއުއަށް އެއްވެފައި އޮތް މުޅި ކްރައުޑަށްވެސް ޖަޒުބާތީ ދުވަހެކެވެ. މެޗު ފެށުމުގެ ކުރިންވެސްވެސް އަންޗެލޮއްޓީ އާއި މޮޑްރިޗް ގެ ފޮޓޯތައް ފުރާލާފައިވާ ބޮޑު ބެނާއެއް ދަނޑުގައި ދަމާފައި ހުއްޓެވެ. ފުރަތަމަ އެގާރައިގައި މޮޑްރިޗްގެ ނަން އިއުލާން ކުރުމާއެކު މުޅި ދަނޑު ކެކި އުތުރި އަރައިގަތެވެ.

މެޗުގެ 10 ވަނަ މިނިޓްގައި އަނެއްކާވެސް މުޅި ދަނޑު "މޮޑްރިޗް" "މޮޑްރިޗް" ގެ ނަމުން ގުގުމާލިއެވެ. އެއީ އޭނާޖެ ޖަރސީ ނަމްބަރާ ގުޅުވައިގެންނެވެ. 87 ވަނަ މިނިޓްގައި މޮޑްރިޗް ބަދަލުކުރިއިރު މުޅި ބާނަބެއު ވަނީ މޮޑްރިޗް އަށް ސްޓޭންޑިން އޮވޭޝަން އެއް ދީފައެވެ. ދެޓީމުގެ ކުޅުންތެރިންވެސް ކުޅުން ހުއްޓާ މޮޑްރިޗް އަށް ފަހުގެ އިޙްތިރާމް ގާޑް އޮފް އޮނާއާއެކު އަދާކޮށްފައި ވެއެވެ. 

ޓްރިބިއުޓް އެންމެ ހާއްސަ ތަންކޮޅަކީ ރެއާލްގެ ކުރީގެ ލެޖެންޑް ޓޯނީ ކްރޫސް ދަނޑަށް އަރާ މޮޑްރިޗްގެ ގަައިގައި ބައްދާލާ މަންޒަރެވެ. 

ރޭގެ މެޗަކީ ލޫކަސް ވަޒްކޭޒްގެ ވެސް ފަހު މެޗެވެ. ސީޒަން ނިމުމަށްފަހު ރެއާލް ދޫކޮށްލާނެކަމަށް ބެލެވޭ ވަޒްކޭޒް ވެސް ދެވަނަ ފާހުފައި ބަދަލުކުރި ގަޑީގައި އޭނާއަށްވެސް ވަނީ ސްޓޭންޑިން އޮވޭޝަން އެއް ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow