ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފި
ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން / ފޮޓޯ:ލޯކަލް އޮތޯރިޓީ މިނިސްޓްރީ

ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފި

8 hours ago - 16:15
May 24, 2025 - 16:59
Advertisement
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކޮށްފިއެވެ.

މިހާތަނަށް އެއަތޮޅުގައި އޭޓީއެމް ގާއިމުކޮށްފައި ނުވާ 10 ރަށެއްގައި މިއަދާއި ހަމައަށް އޭޓީއެމް ގާއިމުކޮށް ނިންމާފައިވާކަމަށް ބިއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫޢަކީ ކަސްޓަމަރުންނަށް އަސާސީ ބޭންކިން ޚިދުމަތްތައް އެމީހުން ދިރިއުޅޭ ރަށުން ލިބޭނެ އިންތިޒާމު  ހަމަޖެއްސުމަށް ހިންގޭ މުހިންމު މަޝްރޫޢެއް ކަމަށެވެ.

މިއަހަރުގެ މިހާތަނަށް 37 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ޤާއިމުކޮށްފައިވާ ކަމަށާއި، އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement
Advertisement

މިއަހަރުގެ މިހާތަނަށް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށައިފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދިމަތް ފެށުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement