ރީޑިންގ ނެގުމާއި ނުލައި, ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވަން- ސްޓެލްކޯ
ތުހުމަތުތައް ސްޓެލްކޯއިން ދޮގުކުރޭ

ރީޑިންގ ނެގުމާއި ނުލައި, ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވަން- ސްޓެލްކޯ

4 days ago - 11:26
Advertisement

ރީޑިންގ ނެގުމާއި ނުލައި, ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެޔަގީންކަން ސްޓެލްކޯއިން ތަކުރާރުކުރީ ރީޑިން ނުނަގާ ބިލް ފޮނުވާ ކަމަށް ކުރާ ތުހުމަތު ތަކަށް ރައްދު ދެއްވާ ނެރުނު ބަޔާނެއްގައެވެ.

ސްޓެލްކޯއިން ބުނީ ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދޭ ކަމަށެވެ. ސްޓެލްކޯއިން އެ ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެލުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި އެކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއްކަން ސްޓެލްކޯގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ސްޓެލްކޯއިން ބުނީ  އެ އުސޫލުތަކާއި ޚިލާފަށް އެކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި އެއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. 

Advertisement

" ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްސި ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން."

ސްޓެލްކޯއިން ބުނީ ރައްޔިތުން އެ ކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމަށެވެ. ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަން ފާހަގަކުރައްވާ ބަޔާނުގައި ބުނެފައިވަނޫ އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement