އަވަސް އަހަވަށް ބައި-އިލެކްޝަންތައް ބޭއްވުން ނިމުމަކަށް!
ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އަވަސް އަހަވަށް ބައި-އިލެކްޝަންތައް ބޭއްވުން ނިމުމަކަށް!

ރައީސް ވަނި މިއަދު ބިލް ތަސްދީގު ކުރައްވާފަ

29 days ago - 17:16
Aug 18, 2024 - 21:24
Advertisement

އަވަސް އަހަވަށް ބައި-އިލެކްޝަންތައް ބޭއްވުން ނިމުމަކަށް ގެންނަ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވާ, ގެޒެޓް ކުރެއްވުމާއެކު އަމަލުކުރަން ފަށަން ޖެހެއެވެ. މިބިލަނީ މިމަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި ބިލެކެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހާއެކު ބިލް ފާސްކުރެއްވުމުން އެންމެ ބޮޑު ބަދަލެއް އަންނަނީ ލޯކަލް ކައުންސިލް ތަކުގެ ބައި އިލެކްޝަންތައް ބާއްވަން ޖެހޭ މުއްދަތަށެވެ. މި ބިލުން ޤާނޫނަށް ގެނައި މައިގަނޑު ބަދަލަކީ ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވާ ގޮތަށް ކުރިން އޮތް އޮތުން ނިމުމަކަށް އަައުމެވެ. ދެން ބައި އިލެކްޝަން ބާއްވަން ޖެހޭނީ 183 ދުވަސް ތެރޭގައެވެ.

މިހާލަތުން އިސްތިސްނާ ވަނީ ކައުންސިލެއްގެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމައެވެ. އެހާލަތުގައި 14 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ.ނައިބުރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ ގޮނޑި ހުސްވެއްޖެ ނަމަ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ. ނަމަވެސް ނައިބުރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމް ހުސްވާއިރު ރައީސް ނުވަތަ މޭޔަރުގެ މަގާމްވެސް ހުސްވެފައިވާނަމަ 7 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ. ކުރިންވެސް ގާނޫނުގައި އޮތް ގޮތަށް 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެނީ މެމްބަރުން އިސްތިއުފާ ދީގެން ކައުންސިލްގެ ކޯރަމް ގެއްލޭ ހާލަތަށް ގޮސްފިނަމައެވެ. 

މިއިސްލާހުތައް ގެނެސް ތަސްދީގުކުރައްވާފައި މިވަނީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހި ވޯޓްލުމަށް މީހުންގެ ޝައުގުވެރިކަންވެސް ކުޑަވެފައި ވަނިކޮށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement