ޔާމީނުގެ ދެ މައްސަލައެއްގެ ޝަރީއަތް ތާވަލްކޮށްފި
ޝަރީއަތް ތާވަލްކޮށްފައިވަނީ އަންގާރަ އަދި ބުދަ ދުވަހަށް
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ދެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
މިހަފްތާއަށް ކްރިމިނަލް ކޯޓުން ތާވަލްކުރީ ވ.އާރަށާއި, ރ.ފުށްގިރި މައްސަލައިގެ ދައުވާގެ ޝަރީއަތެވެ. ފުއްގިރި މައްސަލާގެ ޝަރީއަތް ތާވަލްކޮށްފައިވަނީ އަންގާރަ ދުވަހަށެވެ. އަދި އާރަށުގެ މައްސަލައިގެ ޝަރިއަށް ތާވަލްކޮށްފައިވަނީ ބުދަ ދުވަހަށެވެ. ދެމައްސަލަވެސް ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ފުއްގިރި މައްސަލައަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އެރަށް ކުއްޔަށްދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރެއްވިކަމުގެ ތުހުމަތެވެ. އަދި އެފައިސާ ލޯންޑަ ކުރެއްވި ކަމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.
އާރަަށް މައްސަލައަކީ ކުރިން 11 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް, މިސަރުކާރު ފެށުނު ފަހުން ހައިކޯޓުން އެހުކުމް ބާތިލްކޮށްފައިވާ މައްސަލައެކެވެ. ނަމަވެސް ހުކުމް ބާތިލްކޮށް ހައިކޯޓުން ދަށޔ ކޯޓަށް އަންގާފައިވަނީ އަލުން އެމައްސަލަ ބެލުމަށެވެ. މައްސަލަ ކޯޓުން ތާވަލްކޮށްފައި މިވަނީ މިސަރުކާރުގެ އިސްބޭފުޅުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ތަކުރާރުކޮށް ކުރައްވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނު ޖަލުން މިނިވަންވުމަކީ މިސަރުކާރުގެ އިސްބޭފުޅުން ބޭނުންވާ ގޮތް ނޫންކަމަށް ޕީއެންއެފްގެ ޖަލްސާތަކުގައި ގެންދަވަނީ ވިދާޅުވަމުންނެވެ.
ރިއެކްޝަންސް