ކެޕްޓަން އައްމަޑޭ އުފަން ރަށުގައި ގައުމީ ދިދަ ވިހުރުވަނީ
އައްމަޑޭ ގައުމީ ދިދަ ވިހުރުވަނީ: ފޮޓޯ-ކުޅިވަރާބެހޭ ވުޒާރާ

ކެޕްޓަން އައްމަޑޭ އުފަން ރަށުގައި ގައުމީ ދިދަ ވިހުރުވަނީ

މުބާރާތް ނިމޭނީ މިމަހު 24 ގައި

1 month ago - 11:25
Aug 18, 2024 - 12:27

 

އަހުމަދު އާގިލް (އައްމަޑޭ) އައްމަޑޭ މިދިޔަ އަހަރުވެސް ގައުމީ ދިދަ އުފަން ރަށް ތުލުސްދޫގައި ވިހުރުވިއެވެ. ހަމަ އޭޝިޔަން ޗެމްޕިއަންޝިޕްގައެވެ. އެކަމަކު އޭރު އެއީ ޓީމް މެމްބަރެއްގެ ގޮތުގައެވެ. ގައުމީ ސާފިންގ ޓީމްގެ އެތްލީޓެއްގެ ގޮތުގައެވެ. މިފަހަރު ތަފާތެވެ. ވަރަށް ބޮޑަށްވެސް ތަފާތެވެ.

އޭނާ ތައުލީމް ހާސިލްކުރި ސްކޫލްގެ ސްޓޭޖަށް ދިވެހި ގައުމީ ދިދަ ހިފައިގެން ހޮނިހިރު ދުވަހު އެރީ ރާއްޖޭގެ ކެޕްޓަންގެ ގޮތުގައެވެ. ގައުމީ ސާފިންގ ޓީމްގެ ކެޕްޓަންގެ ގޮތުގައި ދިވެހި ދިދަ އޭނާ ވިހުރުވީ ވަކިން ބޮޑަށް ފަޚުރުވެރިކަމާއެކުއެވެ. އެއީ އޭނާ ދެކެމުން އައި ބޮޑު އުއްމީދެއް ހާސިލްވުމުގެ އުފާވެރިކަމެވެ.

"އަސްލު ވަރަށް އުފާވެފަ މިހުންނަނީ ގައުމީ ޓީމްގެ ކެޕްޓަނަށް ވެވުނީތީވެ, ކެޕްޓްނަކަށްހުރެ މިވަރު ބޮޑު އިވެންޓެއްގައި ލީޑްކޮށްލަން ލިބުނީތީ. އެހެންވީމަ އަސްލު ވަރަށް އުފާވެފަ މިހުންނަނީ." - އައްމަޑޭ ބުންޏެވެ.

Advertisement

 

އުފަން ރަށުގައި ރާއްޖޭގެ ސީނިއަރ ޓީމްގެ ކެޕްޓަންގެ ގޮތުގައި އޭނާ ނިކުންނައިރު ޖޫނިއަރ އެތްލީޓުންނާއި އަންހެން އެތްލީޓުންނަށްވެސް އޭނާގެ އެހީތެރިކަން ލިބޭނެއެވެ. އޭނާގެ ރަށް އެހެން އެތްލީޓުންނަށްވުރެ މާބޮޑަށް އޭނާ ފަރިތައެވެ. ރަށުގައި މުބާރާތް ބޭއްވުމަކީ ވަރަށްބޮޑު ޕުލަސް ޕޮއިންޓެއް ކަމަށް އައްމަޑޭ ދެކެނީވެސް އެސަބަބާހުރެއެވެ. އޭނާ ބުނީ ރަށުގަ މުބާރާތް ބޭއްވުން އެއީ ވަރަށް ބޮޑު ޕުލަސް ޕޮއިންޓެއް ކަމަށާއި, އެފައިދާ ހުރިހާ ދިވެހި ކުދިންނަށްވެސް ކުރާނެ ކަމަށެވެ. އަމިއްލަ ފަސްގަނޑުގައި އޭނާގެ ފަރާތުން ޓީމްގެ އެހެން އެތްލީޓުންނަށް ބުނެދެވުމަކީވެސް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި އޭނާ ދެކެއެވެ.

މިދިޔަ އަހަރު ދިވެހި ޓީމްގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ސާފަރު ހުސައިން އަރީފް (އިބޫ) އަކީ މިފަހަރު ޓީމްގެ ކެޕްޓަނެވެ. މިއީ އިބޫއަށްވެސް ވަރަށް ތަފާތު ތަޖުރިބާއެކެވެ. އޭނާގެ ޓީމާމެދު ޔަގީންކަން އެބައޮތެވެ,. ތައްޔާރުވެވިފައި އޮތް ކަމަށް ގަބޫލުކުރެއެވެ.

އިބޫގެ އުއްމީދަކީ ޕޯޑިއަމް ފިނިޝްއަކަށް ދިއުމެވެ. އަދި 2026 ވަނަ އަހަރު އޮންނަ އޭޝިޔަން ގޭމްސްގެ ކޮލިފިކޭޝަންގެ ޖާގަ ހޯދޖޫނިއަރު ކުދިންގެ ލެވެލްވެސް މިދިޔައަހަރާ ބަލާއިރު ރަނުމެވެ. މިމުބާރާތަކީ 2026 ވަނަ އަހަރުގެ އޭޝިޔަން ގޭމްސްގެ ކޮލިފައިންގ މުބާރާތެއްވެސް މެއެވެ. މިމުބާރާތުން އޭޝިޔަން ގޭމްސްއަށް ކޮލިފައި ވެވެއެވެ.

20 ގައުމަކުން މުބާރަތުގައި ވާދަކުރެއެވެ. މުބާރާތް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow