ކައި ހަވާޓްޒް ސާބިތުކޮށްދިނީ އާސެނަލް އިތުރު 9 ނަމްބަރެއް ބޭނުން ނުވާކަން!
އާސެނަލް މެޗު ކާމިޔާބުކުރީ 2-0 ން
އާސެނަލް އަށް މިސީޒަންގައި އިތުރު 9 ނަމްބަރެއް ބޭނުން ނުވާކަން ކައި ހަވާޓްޒް ސާބިތު ކޮށްދީފި އެވެ.
އާ ސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް އިން 2-0 ން ވުލްވުސް ބަލިކުރި މެޗުގައި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ ކައި ހަވާޓްޒް އެވެ. ދެވަނަ ލަނޑު މެޗުގެ ފަހު ފަނަރަ މިނިޓްގެ ތެރޭގައި ޖެހީ މޮޅަށް ކުޅުނު ސަކާ އެވެ. ކައި ހަވާޓްޒް ލަނޑު ޖެހީ ވެސް މެޗގައި ފްރީ ރޯލެއް ދީފައި ހުރި ސަކާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މެޗަށްފަހު ކޯޗު އާޓެޓާ ބުނީ ކުރިން ލެވަކޫސަން އާއި ޗެލްސީއަށް ކުޅުނު ކައި ހަވާޓްޒްއާ މެދު އޭނާއަށް އިތުބާރު އޮތް ކަމަށެވެ. މިދިޔަ ސީޒަންގައި 67.5 މިލިއަން ޕައުންޑް ދީފައި ގެނައި އިތުބާރު އޮތުމުން ކަމަށް ބުންޏެވެ. ކައި ހަވާޓްޒް އާސެނަލްގެ ނަމްބަރ 9 ގެ ރޯލަށް ކުޅުވަން ފެށީ މިދިޔަ ސީޒަންގެ މެދުތެރޭގައެވެ.
މިދިޔަ ސީޒަންގައި ކުޅުމުގެ ތެރެއިން ކައި ހަވާޓްޒް އަށް ލަނޑެއް ޖެހުނީ 20 މެޗުންނެވެ. އެކަމަކު މިސީޒަންގައި 25 މިނިޓް ތެރޭގައި ވަނީ ލަނޑު ޖަހާފައެވެ. އާޓެޓާ ބުނީ ހަވާޓޒްގެ ލަނޑާއި, ލަނޑުޖަހަން ސަކާ ތަނަވަސްކޮށްދިން ފުރުޞަތުވެސް މޮޅު ކަމަށެވެ. ކައި ހަވާޓްޒް ބޭނުންވީ ކްލަބަށް ހޭނެން ވަގުތު ކަމަށާއި, ޓީމަށް ހޭނުމުން މިހާރު ފައްލާވެފައިވާކަން އާޓެޓާ ފާހަގަކުރިއެވެ.
ލީގުގައި ލިވަޕޫލް ވަނީ ކުޅުނު ފުރަތަމަ މެޗުގައި 2-0 ން އިޕްސްވިޗް ޓައުން ބަލިކޮށްފައެވެ. ނިއުކާސަލް ޔުނައިޓެޑް ވަނީ 1-0 ން ސައުތްހެމްޓަން ބަލިކޮށްފައެވެ.
ރިއެކްޝަންސް