ރޮނާލްޑޯ އާއި ޑުރާންގެ ގޯލްތަކުންއަލް-ނަޞްރު ކުއާޓާ ފައިނަލަށް
ކުއާޓަރ ފައިނަލަށް ދިއުމުން އަލް-ނަޞްރުން އުފާފާޅު ކުރަނީ . ފޮޓޯ: ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އާއި ޑުރާންގެ ގޯލްތަކުންއަލް-ނަޞްރު ކުއާޓާ ފައިނަލަށް

2 months ago - 10:41
Mar 11, 2025 - 10:48

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯން ޑުރާންގެ ގޯލްތަކާއެކު އޭޝިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ޖާގައެއް އަލް-ނަޞްރުން ހޯދައިފިއެވެ. ރޭ އަލް-ނަޞްރުން އިރާންގެ އެސްތެގާލާލްގެ މައްޗަށް 3-0 ން ކާމިޔާބު ހޯދި މެޗުގައި ޑުރާން ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯގެ ގޯލް ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.

ސައުދީ އެރޭބިއާގެ ވެރިރަށް ރިޔާޒްގައި ކުޅުނު ދެވަނަ ލެގު އަލް-ނަޞްރު ކާމިޔާބުކުރިއިރު, އީރާންގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 0-0 ން އެއްވަރުވެގެންނެވެ.

މެޗުގައި އަލް-ނަޞްރަށް ލީޑު ނަގައިދިނީ ނުވަވަނަ މިނިޓްގައި ޑުރާންއެވެ. 25 މީޓަރު ދުރުން ޑުރާން ބޯޅަ ފޮނުވާލީ ކީޕަރު ހުރި ފަޅި ނޫން އަނެއް ފަޅިއަށެވެ. އަލް-ނަޞްރުން ލީޑު ފުޅާކުރީ 27 ވަނަ މިނިޓްގައި އެޓީމުގެ ސާޑިއޯ މާނޭ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ކާމިޔާބުކުރުމާއެކު އޭނާ އަލް-ނަޞްރަށް ކާމިޔާބުކޮށްދިން ގޯލްގެ އަދަދު މިވަނީ 110 އަށް އަރާފައެވެ.

މެޗުގައި އެސްތެގްލާލައިން ގޯލެއް ކާމިޔާބުކުރުމަށް ކުރަމުން އައި މަސައްކަތަށް އިތުރު ހުރަހެއް ކުރިމަތިވީ އެޓީމުގެ މެހްރާން އަޙްމަދީއަށް ދެ ރީނދޫ ކާޑު ހަމަވެ ރައްކާޑެއް ދެއްކުމާ ގުޅިގެން ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުންނެވެ.

Advertisement
Advertisement

އަލް-ނަޞްތުގެ ފަހު ގޯލް މެޗުގެ 84 ވަނަ މިނިޓްގައި ޑުރާން ކާމިޔާބުކުރީ އެންޖެލޯ ގެބްރިއެލް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.

ރޭ ޤަތަރުގެ އަލް ސާދް ވެސް ވަނީ 3-1 ން އެކުވެރި އަރަބި އިމާރާތުގެ އަލް ވަސްލް ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓަރ ފައިނަލްގެ މެޗުތައް އޮންނާނީ ޖިއްދާގައި އަންނަ އެޕްރީލް މަހުގެ 25 ން މެއި 3 އާ ހަމައަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow