އިޒްރާއިލްއިން ދަނީ އިންސާނީއެހީ ހަތިޔާރަކަށް ހަދާ ޣާއްޒާ ބަނޑަށް ޖައްސަމުން : އަންރްވާ
އަންރަވާގެ ވެރިޔާ ފިލިއްޕޭ ލަޒާރިނީ ނުސްވެރިންނަށް މައުލޫމަތުދެނީ. ފޮޓޯ: އަންރްވާ

އިޒްރާއިލްއިން ދަނީ އިންސާނީއެހީ ހަތިޔާރަކަށް ހަދާ ޣާއްޒާ ބަނޑަށް ޖައްސަމުން : އަންރްވާ

19 hours ago - 11:19
Mar 11, 2025 - 11:24

އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައި އޮންނަތާ 10 ދުވަސްވެފައިވާއިރު, އިޒްރާއިލް އިން ދަނީ އިންސާނީ އެހީ ހަތިޔާރަކަށް ހަދައިގެން ޣައްޒާ ބަންޑަށް ޖައްސަމުން ކަމުގައި އަންރްވާއިން ބުނެފިއެވެ.

އދ ގެ އެޖެންސީ ފޮރ ފަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) ގެ ކަމިޝަނަރ ޖެނެރަލް ފިލިއްޕޭ ލަޒާރިނީ ވަނީ ޣައްޒާގެ ހާލަތު ވަރަށް އަވަހަށް ގޯހުންގޯހަށް ގޮސްފައިވާކަމަށް ބުނެފައެވެ.

"އިޒްރާއިލްގެ ނިޔަތަކީ ކޮންމެ އެއްޗަކަށް ވިއަސް, ޔަޤީންވާ އެއްކަމަކީ އިޒްރާއިލްއިން މިވަނީ އިންސާނީ އެހީ ހަތިޔާރަކަށް ހަދާފައިކަން. އެހީ ވަނުން ހުއްޓުވާ އިޒްރާއިލްއިން ދަނީ ޣައްޒާ ބަންޑަށް ޖައްސަމުން" ހޯމަ ދުވަހު ޖެނީވާގައި ހުންނަ އދ ގެ އަންރްވާ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ލަޒާރިނީ ވިދާޅުވިއެވެ.

ލަޒާރިނީ އިތުރަށް ވިދާޅުވީ ހަމަލާތައް ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެވުން ދެމެހެއްޓުމުގެ ގޮތުންވެސް އިންސާނީ އެހީ ޣައްޒާއަށް އެތެރެކުރަން ހުއްދަދިނުން ވަރަށް މުހިއްމުކަމަށެވެ. އަދި އެހްން ނޫންނަމަ ހަމަލާތައް އެއްކޮށް ހުއްޓާލުމުގެ ކުރިން ޣައްޒާއަށް ހައިހޫނުކަމުގެ ކާރިޘާއެއް ކުރިމަތިވެދާނެ ކަމުގައެވެ.

Advertisement
Advertisement

އަންރްވާއަކީ 1949 ން ފެށިގެން ފަލަޞްޠީން އަދި ފަލަޞްޠީން ހިމެނޭ ސަރަޙައްދުގެ އަވައްޓެރި ޤައުމުތަކުގައި އުޅޭ ފަލަޞްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ދިނުމަށް އދ ގެ އާންމު މަޖިލިސްއިން އުފައްދާފައިވާ ޖަމާއަތެކެވެ.

ލަޒާރިނީ ވަނީ އިޒްރާއިލްއިން ފަލަޞްޠީނުގެ އަންރްވާ ހަރަކާރްތެރިވުން ހުއްޓުވަމަށް ޤާނޫނަކުން ފާސްކޮށްފައިވާތީ އެކަމަށް ފާޑު ކިޔާފައެވެ.

"އަންރްވާއިން ދަނީ ފަލަޞްޠީނުގެ ކުދިންނަށް ތައުލީމާއި ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޙިދުމަތް ދިނުމަށް މަސައްކަތް ކުރަމުން. އެހެންކަމުން އަންރްވާގެ ބަދަލުގައި "ފަލަޞްޠީނުގެ ދައުލަތުގެ" މި ޤާބިލްކަންކުރި ޖަމާއަތަކުން ނޫނީ އަންރްވާއިން މިކުރާ މަސައްކަތެއް ނުކުރެވޭނެ' އެޖެންސީ ފަލަޞްޠީނުގައި ހަރާކާތްތެރިވުން އިޒްރާއިލްއިން ހުއްޓުވުމަށް ނިންމި ނިންމުމަށް ތަކުރާރުކޮށް ފާޑު ވިދާޅުވަމުން ލަޒާރިނީ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow