ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރާއެކު ޚާން ޔޫނިސް ދޫކޮށްދާން އިޒްރާއިލްއިން އަމުރުކޮށްފި
ސުންނާފަތިވެފައިވާ ޚާން ޔޫނިސް އިން ޣައްޒާގެ ރައްޔިތުން ނިކުންނަނީ. ފޮޓޯ: އޭޕީ

ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރާއެކު ޚާން ޔޫނިސް ދޫކޮށްދާން އިޒްރާއިލްއިން އަމުރުކޮށްފި

7 hours ago - 15:43
May 19, 2025 - 15:44

ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ, ޚާން ޔޫނިސް އިން ގަދަކަމުން މީހުން ހުސްކުރުމަށް އިޒްރާއިލްއިން އަމުރެއް ނެރެފިއެވެ. ޔަހޫދީ ސިފައިން ނެރުނު އަމުރުގައިވަނީ ކުރިއަށް މަދު ގަޑިއިރުކޮޅުގެ ތެރޭގައި ޙާން ޔޫނިސްގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. 

މިއަދު ހެނދުނުން ފެށިގެންވެސް އިޒްރާއިލްއިން އަންނަނީ ޣައްޒާގެ ދެކުނު ޚާން ޔޫނިސް ހިމެނޭ ސަރަހައްދުގައި ވައިގެ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން 30 ށް ވުރެ ހަމަލާ މިއަދުގެ މިހާތަނަށް ދީފައިވާއިރު, އެ ހަމަލާތަކުގައި 32 މީހަކު ޝަހީދުވެފަވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަރަހައްދު ދޫކޮށް ދިއުމުގެ އަމުރު އަރަބި ބަހުން ވަނީ މިސްމީޑިއާގެ މަންސަ, އެކްސްގައި ޕޯސްޓްކޮށްފައެވެ. ޔަހޫދީ ސިފައިންގެ ތަރުޖަމާނު އަވީޝޭ އެޑްރާއީގެ ޕޯސްޓްގައި ބުނެފައިވަނީ އެ އަމުރު ކައިރި އެހެން ޝަހަރުތައް ކަމަށްވާ ބަނީ ޝުހެއިލާ އަދި އަބާސަން އަށްވެސް ހިނގާނެކަމުގައެވެ. އާންމުންނަށް އިރުމަތީ އަލް-މަވާސީއަށް ދިއުމަށްވެސް އަމުގައި އިލްތިމާސްކޮށްފައިވެއެވެ.

 'ރައްކާތެރި ސަރަހައްދެއް' ކަމަށް ކަނޑައަޅާފައިވާ އަލް-މަވާސީ އަށް މީގެ ދެ ދުވަސް ކުރިން އިޒްރާއިލްއިން ދިން ވައިގެ ހަމަލާ ތަކުގައި 36 މީހަކު ޝަހީދުކޮށްލާފައި ވެއެވެ.

Advertisement
Advertisement

" މިވަގުތުން ފެށިގެން ޚާން ޔޫނިސް އަކީ ހަނގުރާމައިގެ ނުރައްކާތެރި މައިދާނެއް" އަސްކަރިއްޔާގެ ޕޯސްޓްގައި ބުނެފައި ވެއެވެ. 

އިއްޔެވެސް އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙް ގެ ދެކުނު ސަހަރެއް ކަމަށްވާ އަލް-ޤަރާރާ އިންވެސް މީހުން ފޭބުމުގެ އަމުރެއް ކޮށްފައެވެ. 

އުތުރު ބައިތް ލަހިއާއަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުންދާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު މިއަދު އެކަނިވެސް އެސަރަހައްދުން 32 މިީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މެދުތެރޭ ދިއެރް އެލް ބަލަޙް އިން އަލް ޖަޒީރާގެ ނޫސްވެރިޔާ ތާރެޤް އަބޫ-އަޒޫމް ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިްލްގެ އަސްކަރިއްޔާއިން މިއަދު ޚާން ޔޫނިސްގައި ހިންގި އަންޑަރ ކަވަރ އޮޕަރޭޝަނެއްގައި ވަނީ ފަލަޞްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތެއްގެ އިސް މެމްބަރަކު ޝަހީދުކޮށްލާފައެވެ. އިޒްްރާއިލްއިން ވަނީ އޭނާގެ އަންހެނުންނާއި ދަރިންވެސް ވަގަށް ނަގާފައެވެ.

އެ އޮޕަރޭޝަންގައި އިޒްރާއިލްގެ ސިފައިން ސިޓީ ތެރެއަށް ދެމިގަނެ ގެއެއް ރެއިޑްކޮށް, އާންމުންގެ އުޅަނދެއްގައި ގޮސް އަލް-ނަސެރް ސަލާހުއްދީން ބްރިގޭޑްސް ގެ އިސް މެމްބަރަކު ވަނީ މަރާލާފައި ކަމުގައި އަޒޫމް ބުނެފައި ވެއެވެ. ސަލާހުއްދީން ބްރިގޭޑްސް އަކީވެސް ފަލަޞްޠީނުގެ މިިނިވަންކަމަށް ޖިހާދުކުރާ މައި ގްރޫޕް ހަމާސްގެ ކުޑައިގެ ދަށުން ހަރަކާތްތެރިވާ ގްރޫޕެކެވެ.

މި އޮޕަރޭޝަން ކުރިއަށް ދިޔައިރު އިޒްރާއިލްގެ ޑްރޯންތަކާއި ޖެޓްތައް އެސަރަހައްދުގެ މަތީގައި ހުއްޓުމެއްނެތި އެތައް އިރެއްވާންދެން ވަރަށް ކައިރިން ހަރަކާތްތެރިވި ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow