
ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތަށް ރައީސް މުއިއްޒުއަށް ޑަބްލިއުއެޗްއޯގެ ޙާއްސަ އެވޯޑެއް
ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަށް ދުނިޔޭގެ ސިއްޙަތު ޖަމްއިޔާ (ޑަބްލިއުއެޗްއޯ) އިން ހާއްސަ އެވޯޑެއް ދެއްވައިފިއެވެ. މިއީ ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް ދެއްވާ ޙާއްސަ އެވޯޑެކެވެ.
އެވޯޑް ލިބުނުކަން އިއުލާންކޮށް އެ ޖަމްއިއްޔާއިން ކުރި ޕޯޓްސްގައި ބުނެފައިވަނީ މިއީ ދުންފަތް ކޮންޓްރޯލްކޮށް, އަދި ހުރިހާ އެންމެނަށް ދުޅަހެޔޮ މުސްތަޤުބަލެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރުމުގެ ގޮތުން ދޭ އެވޮޑެއް ކަމަށެވެ.
ކޮންމެ އަހަރަކުވެސް 'ނޯ ޓޮބޭކޯ ޑޭ' ފާހަގަކުރުމުގެ ގޮތުން ހަ ސަރަހައްދެއްގައި ވަކި ވަކި ފަރުދުންނާއި މުއައްސަސާތަކުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯއިން އެވޯޑް ދެއެވެ. އެގޮތުން މިފަހަރު ޑައިރެކްޓަރ ޖެނެރަލްގެ ޙާއްސަ އެވޯޑް ލިބުނީ ދިވެހިރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު, އަދި މޮރީޝިއަސް ގެ މިނިސްޓރްީ އޮފް ހެލްތް އެންޑް ވެލްނަސް އަށެވެ.
ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މިސަރުކާރުން ވަނީ 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ފަރާތްތަކަށް ދުންފަތް ވިއްކުމާއި, ބޭނުން ކުރުން ޤާނޫނަކުން މަނާކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ޚާއްޞަ މަސައްކަތްތަކެއްވެސް ވަނީ ފަށާފައެވެ. މީގެއިތުރުން ވޭޕް އެތެރެކުރުމާއި, ބޭނުން ކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފިޔަވަޅު ތަކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމަށް އެޅުއްވި ފިޔަވަޅު ތަކެވެ.
ރިއެކްޝަންސް






