33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް- ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް- ރައީސް

37 ގޮނޑީގެ ތެރެއިން ޕީއެންސީއަށް ގެއްލުނީ 4 ގޮނޑި

4 months ago - 07:30
Feb 9, 2025 - 07:31
Advertisement
Advertisement

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 33 ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކާމިޔާބީ ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުއިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ކާމިޔާބުކުރެއްވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

37 ގޮނޑީގެ ތެރެއިން 24 ގޮނޑި ޕީއެންސީއަށް ލިބުނީ ވާދަކުރާނެ ކެންޑިޑޭޓަކު ނެތުމުން އިންތިޚާބަކާ ނުލައެވެ. އަދި ވާދަކޮށް 9 ގޮނޑި ހޯދިއެވެ. އޭގެތެރޭގައި އަތޮޅު ކައުންސިލް ރައީސް ކަމުގެ އެއް ގޮނޑި އާއި ރަށު ކައުންސިލް ރައީސް ކަމުގެ އެއް ގޮނޑި ހިމެނެއެވެ. އަދި ރަށު ކައުންސިލް މެމްބަރު ކަމުގެ ދެ ގޮނޑި ހިމެނެއެވެ. ދެން ހިމެނެނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ މެމްބަރު ކަމުގެ 29 ގޮނޑިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޕީއެންސީއަށް އިންތިޚާބުތައް ކާމިޔާބުކޮށްދޭން މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި, ވޯޓް ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement