
އެސްއީޒެޑް ގެ ދަށުން ހަދާ ފްލޯޓިންގ ސޯލާ ޕެނަލް މަޝްރޫޢަށް ހުއްދަ ދީފި
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއުގެ ގޮތުގައި، ފްލޯޓިންގ ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއަށް ހުއްދަ ދީފިއެވެ.
2028 ވަނަ އަހަރު ނިމެންވާ އިރަށް، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިމަޝްރޫއަކީ އެކަން ހާސިލް ކުރުމަށް އެޅިގެންދާނެ ރަނގަޅު ފިޔަވަޅެއް ކަމަށް އިކޮނޮމިކްސް މިނިސްޓްރީން ވިދާޅުވިއެވެ.
މިކަން ހާސިލު ކުރެވުމުން، ރާއްޖޭގައި އަހަރަކު ތެލަށް ކުރާ ޚަރަދުން 42 މިލިއަން ޔޫއެސް ޑޮލަރ މަދުވެގެންދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
މިމަޝްރޫއިން، ރާއްޖޭގެ އިއާދަކުރަނިވި ހަކައިތައިގެ ރައްކާތެރިކަން އިތުރުކޮށް، އެއަމާޒަށް ވާސިލުވުމަށްޓަކައި ކުރިއަށް ގެންދާ "ސޯލާ ސިޓީ" ތަރައްގީ ކުރުމަށް މަގުފަހިވެގެނދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ ކުރިން މިމަޝްރޫއު މޯބިލައިޒް ކޮށް، 2027 ވަނަ އަހަރު މަސައްކަތް ނިންމާލެވޭނެ ކަމަށް އިކޮނިމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އިއާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ 100 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓާއި އެކު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 187 މިލިއަން ޑޮލަރު ކަމަށް އެމިނިސްޓްރީން ވިދާޅިވިއެވެ.
ރިއެކްޝަންސް






