ޒަމާނީ އަސްކަރީ ވަސީލަތްތައް ހޯދައިދޭން މަސައްކަތް އެބަކުރަން: ޑިފެންސް މިނިސްޓްރީ

ޒަމާނީ އަސްކަރީ ވަސީލަތްތައް ހޯދައިދޭން މަސައްކަތް އެބަކުރަން: ޑިފެންސް މިނިސްޓްރީ

ދައުލަތުގެ ނިޒާމުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް ހޯދައިދިނުމަށް މިވުޒާރާއިން ކުރަންޖެހޭ އެންމެހައި މަސައްކަތް މިވުޒާރާއިން މިދަނީ ކުރަމުން

8 months ago - 21:58
Jan 16, 2024 - 22:02
Advertisement

ިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ދިފާއީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން އަންނަ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ދިގު ބަޔާނެއްގައި ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި ރާއްޖޭގެ އިގްތިޞާދީ އަދި ޚާއްސަ އިގްތިޞާދީ ސަރަޙައްދާއި ރައްޔިތުން ހިމާޔަތް ކުރުންކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެއްބަސްވުން ތަކުގައި ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާތަކެއް ހިމަނާފައިވާކަން ދިފާއީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ދިވެހި މަސްއކަނޑުތައް ޙިމާޔަތް ކުރުމާއި ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިނގާފާނެ ޓްރެފިކިންގ އަދި މެރިޓައިން ޓެރެރިޒަމްފަދަ ޓްރާންސްނޭޝަނަލް ކްރައިމްސް އޯގަނައިޒްޑް ކްރައިމްސް ހުއްޓުވުމަށް އިސްވެ ހަރަކާތްތެރި ވާންޖެހޭ ފަރާތަކީވެސް ދިވެހި ދިފާޢީ ބާރުކަން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިނގައިފާނެ އެކްސިޑެންޓްތަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް އިސްވެ ހިންޖެހޭ ފަރާތަކީ ގައުމީ ދިފާއީބާރު ކަންވެސް ވަނީ ބަޔާނުގައި ފާހަގަ ކުރައްވާފައެވެ.

ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާންޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަންހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހި ގައުމީ ދިފާޢީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ ކަންކަމުގައި ދިފާޢީ ވުޒާރާގައި ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"އެހެންކަމުން ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަޔާއި ދައުލަތުގެ ނިޒާމުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް ހޯދައިދިނުމަށް މިވުޒާރާއިން ކުރަންޖެހޭ އެންމެހައި މަސައްކަތް މިވުޒާރާއިން މިދަނީ ކުރަމުންނެވެ." ދިފާޢީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މާތްﷲގެ ވާގިފުޅާއެކު ސަރުކާރުން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް ދިފާޢީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުފައެވެ.

ދިފާޢީ ވުޒާރާއިން ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާއި ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement