އިޒްރާއިލްއިން ލުބުނާނަށް ހަމަލާދީ 182 މީހުން މަރާލާ, 400 މީހުން ޒަޙަމްކޮށްލައިފި
އިޒްރާއީލުން ދަނީ ވައިގެ މަގުން ލުބުނާނަށް ހަމަލާ ދެމުން: ފޮޓޯ-އޭއެފްޕީ

އިޒްރާއިލްއިން ލުބުނާނަށް ހަމަލާދީ 182 މީހުން މަރާލާ, 400 މީހުން ޒަޙަމްކޮށްލައިފި

25 days ago - 18:27
Sep 23, 2024 - 18:32

އިޒްރާއިލްއިން ލުބުނާނަށް ހޯމަ ދުވަހު ދިން ވައިގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 182 މީހުން މަރުވެ, 400 އަށްވުރެ ގިނަ މީހުން ޒަޙަމްވެއްޖެއެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބައިމީހުންނަކީ ކުޑަކުދިންކަމަށްވެސް ލުބުނާނުގެ ސިއްޙީ އޮފިޝަލުންނާ ހަވާލާދީ އަލް ޖަޒީރާގައި އިން ބުނެފައިވެއެވެ.

އިޒްރާއިލްގެ ސިފައިން މައުލޫމާތު ދޭގޮތުގައި ހޯމަދުވަހު އެކަނިވެސް ވައިގެ 300 އަށްވުރެގިނަ ހަމަލާ ހިޒްބުالله އަށް އަމާޒުކޮށް ދީފައިވާނެއެވެ. މި ހަމަލާތައް ދީފައިވަނި އިރާންގެ ބާރާއެކު ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, ހިޒްބުالله އާ އިޒްރާއިލް އާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ފާއިތުވެ ހަފުތާގައި ހިޒްބުالله ގެ މުވާސަލާތީ ޑިވައިސްތައް ގޮއްވާލާ 12 މީހުން މަރުވެފައިވާއިރު ދާދި ފަހުން އިޒްރާއިލްއިން ވަނީ ހިޒްބުالله ގެ ދެ ކޮމާންޑަރަކުވެސް މަރާލާފައެވެ. ރައްދުގައި ހިޒްބުالله އިން ވަނީ ރޮކެޓް ހަމަލާތަކެއް އިޒްރާއިލް އަށް ދީފައެވެ. ދެފަރާތުގެ މެދުގައި ބަދަލުކުރަމުންދާ ހަމަލާތަކާއެކު ހަނގުރާމައިގެ ޙާލަތު ސަރަޙައްދީ ހަނގުރާމަ އަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވާގޮތުގައި ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން, އަދި ސިއްޙީ ޚިދުމަތްތެރިންވެސް ހިމެނެއެވެ.

Advertisement

ލުބުނާނުގައި އިޒްރާއިލްއިން މިލިޓަރީ އޮޕަރޭޝަނެއް ފަށާނެ ކަމަށް މީގެ ކުރިން އިޒްރާއިލްގެ ދިފާއީ ވަޒީރު ވަނީ ބުނެފައެވެ. އަދި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އިޒްރާއިލް-ލުބުނާނު ބޯޑަރުގައި ބަދަލުކުރަމުންދާ ހަމަލާތައް ފުޅާކުރާނެ ކަމަށް އިޢުލާން ކޮށްފައެވެ. އެއީ އެސަރަޙައްދުގައި ދިރިއުޅުނު އިޒްރާއިލްގެ ރައްޔިތުން އަނބުރާ ވަޒަނަށް ގެނައުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ބޮޑުވަޒީރުގެ އޮފީހުން ވަނީ ބުނެފައެވެ. 

"އަހަރެމެން މިދަނީ ލުބުނާނުގެ ތެރެއަށް ހަމަލާތައް ފުޅާކުރަމުން. އަހަރެމެންގެ މަޤުޞަދު ޙާސިލްކޮށްފައި ނޫނީ ނުހުއްޓާނަން" އިޒްރާއިލްގެ ރައްޔިތުން އަނބުރާ ވަޒަނަށް ގެނައުމުގެ ނަމުގައި ލުބުނާނަށް ދޭންފެށި ވައިގެ ހަމަލާތަކާ ގުޅިގެން އިޒްރާއިލްގެ ދިފާއީ ވަޒީރު ޔޯވް ގެލެންޓްގެ އޮފީހުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައި ވެއެވެ.

އިޒްރާއިލް އިން އެއްގަމު މަގުން ލުބުނާނަށް އަރާނެތޯ ރިޕޯޓާރަކު ކުރި ސުވާލަކަށް ޖަވާބުދެމުން އިޒްރާއިލްގެ އަސްކަރިއްޔާގެ ކޮމާންޑިން އޮފިސަރ, ޑެނިއަލް ހަގާރީ ބުނެފައިވަނީ ހަމަލާތަކުގެ މަޤްސަދު ޙާޞިލްކުރަން ކުރަންޖެހުނު ކޮންމެކަމެއް ކުރާނެ ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow