ހަމަ ހިލާ ޣައްޒާއަން އިންސާނީ އެހީ ވަނަނުދޭކަމަށް އިޒްރާއިލްގެ ދިފާއީ ވަޒީރު ތަކުރާރުކޮށް ބުނެފި
އިޒްރާއިލްގް ދިފާއީ ވަޒީރު, އިޒްރާއިލް ކަޓްޒް

ހަމަ ހިލާ ޣައްޒާއަން އިންސާނީ އެހީ ވަނަނުދޭކަމަށް އިޒްރާއިލްގެ ދިފާއީ ވަޒީރު ތަކުރާރުކޮށް ބުނެފި

3 days ago - 15:59
Apr 16, 2025 - 16:07

"އިޒްރާއިލްގެ ސިޔާސަތު ވަރަށް ސާފު. އެއްވެސް އިންސާނީ އެހީއެއް ޣައްޒާއަށް ވަނުމަށް ހުއްދައެއް ނުދޭނަން" އިންސާނީ އެހީ ޣައްޒާއަށް ވަނުން ހުއްޓުވާފައިވާތާ 6 ހަފުތާ ފަހުން އިޒްރާއިލްގެ ދިފާއީ ވަޒީރު, އިޒްރާއިލް ކަޓްޒް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އޭނާ އިތުރަށްބުނީ ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވުމަކީ ހަމާސްއަށް ޕްރެޝަރ ކުރުމުގެ މައިގަނޑު ހަޔިޔާރު ކަމަށާއި, ހަމާސްއިން ޣައްޒާގެ ރައްޔިތުން އިޒްރާއިލްއާ ދެކޮޅަށް ބޭނުންކުރުން ހުއްޓާލަންދެން އެކަން އޮންނާނީ އެގޮތުގައި ކަމުގައެވެ.

18 މަސްދުވަސްވަންދެން ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދިޔަ ޤަތުލްއާންމާއެކު ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް މާރިޗު 1 ން ފެށިގެން އިންސާނީ އެހީގެ އެއްވެސް މިންވަރެއް ނުލިބި ޣައްޒާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެކަށށިގެންވާ ކާނާ ނުލިބި ކުޑަކުދިންވެސް ދަނީ ދުނިޔެ ދޫކުރަމުންނެވެ.

އިޒްރާއިލްގެ ކަލްޗަރ މިނިސްޓަރު މިކީ ޒޮހަރުވެސް ވަނީ ޣައްޒާއަށް އެއްވެސް އިންސާނީ އެހީތެރިކަމެއް ވަނަ ނުދޭނެކަމަށް ބުނެ އެކްސް ގައި ޕޯސްޓެއް ކޮށްފައެވެ.

Advertisement
Advertisement

"އެމީހުނަށް ހައްޤެއްނޫން އިންސާނީ އެހީއެއް. އެމިހުންގެ މައްޗަށް އަލިފާން އޮއްސަންވީ އިޒްރާއިލްގެ ރަހީނުން މިނިވަންކުރަންދެން" އެކްސްގައޮ ޒޯހަރް ކޮށްފައިވާ ޕޯސްޓްގައޮ ބުނެފައި ވެއެވެ.

އިންސާނީ އެހީގެ ގޮތުގައި ކާނާއާއި ބޯފެން އަދި ތެލާއި ބޭހުގެ އެއްވެސް މިންވަރެއް ނުލިބޭއިރު އިޒްރާއިލްއިންދަނީ ޣައްޒާގެ ކޮމިއުނިޓީ ބަދިގެތަކަށް އަމާޒުކޮށް ބޮންއަޅަމުންނެވެ. އެގޮތުން ޣައްޒާގެ ގިނަ ކޮމިއުނިޓީ ބަދިގެތައް މިހާރު ބޭނުންކުރެވޭވަރު ނުވާއިރު އަންރްވާއިން ހިންގާ ބޭކަރީތައްވެސް ވަނީ ގޮދަންފުށް ނެތުމުގެ ސަބަބުން ބަންދުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow