އިޒްރާއިލް އަށް ހަތިޔާރު ވިއްކާތީ ނޯވޭގެ ޕެންޝަން ފަންޑުން ދެ ކުންފުންޏަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލައިފި
އޮޝްކޮޝް އިން ސަޕްލައިކުރާ ބައެއް އަސްކަރީ އުޅަނދު. ފޮޓޯ: އޮޝްކޮޝް ވެބްސައިޓް

އިޒްރާއިލް އަށް ހަތިޔާރު ވިއްކާތީ ނޯވޭގެ ޕެންޝަން ފަންޑުން ދެ ކުންފުންޏަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލައިފި

އިނގިޭސި ވިލާތުގެ ހައިކޯޓުން މިއަދު ވަނީ އެފް-35 ގެ ޖެޓުގެ ޕާޓްސް އިޒްރާއިލްއަށް ވިއްކުން ރަނގަޅު ކަމަށް ބުނެފައި

4 hours ago - 18:47
Jun 30, 2025 - 18:48

ނޯވޭގެ އެންމެ ބޮޑު ޕެންޝަން ފަންޑް, ކޭއެލްޕީއިން އެމެރިކާ އަދި ޖަރުމަނުގެ ދެ ކުންފުންޏަކާއެކު ކުރަމުންދިޔަ ވިޔަފާރީގެ އެންމެހާ މުއާމަލާތްތައް ހުއްޓާލައިފިއެވެ. މި ދެ ކުންފުންޏާއެކު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލީ ޣައްޒާގައި އިޒްރާއިލްއިން ހިންގަމުންގެންދާ ޤަތުލްއާންމަށް އެ ދެކުންފުނި ން ހަތިޔާރު ވިއްކާކަމަށް ބުނެއެވެ 

މި ދެ ކުންފުންފުންޏަކީ އެެމެރިކާގެ އޮޝްކޮޝް ކޯޕަރޭޝަނާއި, ޖަރުމަނުގެ އިންޑަސްޓްރިއަލް ފާމެއް ކަމަށްވާ ތައިސެން ކްރޫޕްއެވެ. އޮޝްކޮޝް އަކީ އަސްކަރީ އުޅަނދު ވިއްކާ ކުންފުންޏެކެވެ. ތައިސެން ކްރޫޕް އިން މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ހަނގުރާމަމަތީ ބޯޓުުފަހަރަށް ބޭނުންވާ މެޝިނަރީ އެވެ.

"މި މަހު އދ ގެ ބައެއް ރިޕޯޓްތަކުން ވަނީ ހާމަވެފަ މި ދެ ކުންފުނިވެސް ހިމެނޭގޮތަށް ގިނަ ކުންފުނި ތަކަަކުން އިޒްރާއިލްއިން ޣާއްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމަށް އެކި ސިފަސިފައިގައި އަސްކަރީ ސާމާނު ވިއްކަމުންދާކަން. އެ ހަތިޔާރު އެބަ ބޭނުންކުރޭ ޣައްޒާގެ ކުޑަކުދިން މަރަން. އެހެންވެ އަހަރެމެންނަށް ލިބޭ އިންވެސްޓްމަންޓް ޒިންމާގެ ދަށުން މި ނިންމުން މި ނިންމީ" ކޭއެލްޕީގެ ހެޑް އޮފް އިންވެސްޓްމަންޓް ކިރަން އަޒީޒް ވިދާޅުވެފައި ވެއެވެެ.

އޮޝްކޮޝް އަދި ތައިސެން ކްރޫޕް އާ އެކު ކުރަމުން އައި އެންމެހާ ވިޔަފާރީގެ މުއާމަލާތް ކޭއެލްޕީން ހުއްޓާލިއިރު ދެ ކުންފުނި އެއްކޮށް 2025 ޖޫންއާ ހަމައަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ޖުމްލަ އަގު 2.8 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

Advertisement
Advertisement

1949 ގަިއ އުފައްދާފައިވާ މި ޕެންޝަން ފަންޑުން ދުނިޔޭގެ އެކި ސަރަަހައްދުތަކުގައި އިންވެސްޓްކޮށްފައިވާއިރު ޤައުމުންބޭރުގެ އިންވެސްޓްމަންޓްތަކުގެ އަގު އެކަނިވެސް އުޅެނީ 114 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. 

ނޯވޭއިން މި ފިޔަވަޅު އެޅިއިރު އިނގިރޭސިވިލާތުގެ ސަރުކާރުން އިޒްރާއިލްއަށް އެފް-35 ޖެޓްގެ ޕާޓްސް ވިއްކުން ހުއްޓުވައިދިނުމަށް ޔޫކޭ ހައިކޯޓްގައި ކުރިއަށްދިޔަ މައްސަލަ އިނގިރޭސިވިލާތުން މިއަދު ވަނީ ކާމިޔާބުކޮށްފައެވެ. މާނައަކީ ޢަައްޒާގެ ރައްޔިތުން މެރުމަށް އިޒްރާއިލްއިން ބޭނުންކުރާ އެފް-35 ގެ ޖެޓްތަކަށް ބޭނުންވާ ޕާޓްސް ފޯރުކޮށްދިނުމުގައި އިނގިރޭސި ވިލާތުން ދެމިއޮންނާނެކަމެވެ.

ކޯޓުގައި އިނގިރޭސި ވިލާތުން ދިފާއުގައި ބުނެފައި ވަނީ އެއީ އިޒްރާއިލްއަށް ޙާއްސަކޮށް ވިއްކުމަށް އުފައްދާ ތަކެތި ނޫންކަމަށާއި, އެތަކެތި ބައިނަލްއަޤުވާމީ ޕޫލަށް ސަޕްލައިކުރުން އިނގިރޭސިވިލާތުން ހުއްޓާލައިފި ނަމަ ސަޕްލައި ޗެއިންއަށް އޭގެ އަސަރުކުރާނެ ކަމަށެވެ ނަތީޖާއެއްގެ ގޮތުން ނޭޓޯގެ ގައުމުތައް, މިސާލަކަށް ޔޫކްރެެއިން އިން ރަޝިއާގެ ހަމަލާތަކުން ދިފާއުމުގެ ފުރުޞަތު ކުޑަވެގެންދާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ގޮންޖަހައި އިޒްރާއިލްން ހިފާފައިވާ ހުޅަނގު އައްސޭރީގެ ގްރޫޕް 'އަލް ހައްޤު' އިން ކޯޓުގައި ވަނީ އިނގިރޭސިވިލާތުން ޣައްޒާގެ ރައްޔިތުން މެރުމަށް އެފް-35 ޖެޓް ބޭނުންކޮށްފައިވާ ވުމަކީ ބައިނަލްއާޤުވާމީ ޤާނޫނު އަދި ޖެނީވާ ކޮންވެންޝަނާ ހިލާފްވުން ކަމަށް ބުނެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow