
ތުރުކިޔޭގެ އިޒްމީރްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި 4 ވިލެޖަކުން މީހުން ހުސްކޮށްފި
އަލިފާން ރޯވިތާ މިއީ ދެވަނަ ދުވަސް, އިޒްމީރްއަށް ފްލައިޓްތައްވެސް ހުއްޓާލައިފި
ތުރުކިޔޭގެ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއް ކަމަށްވާ އިޒްމީރް ގެ ހުޅަނގުގެ ސަރަހައްދެއްގައި އިއްޔެ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އަނދަމުންދާއިރު މިހާތަނަށް 4 ވިލެޖަކުން މީހުން ހުސްކޮށްފައިވާކަމަށް ތުރުކިޔޭގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އިޒްމީރްގެ އިދާރާތަކުން ބުނިގޮތުގައި އަލިފާން ނިއްވުމުގައި މިހާރުވެސް 1000 ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ރޭވެސް އިޒްމިީރްގެ ކުޔޫކަކް އަދި ދޮއާންންބޭ ސަރަހައްދަށް ގަޑިއަކު 50-40 ކިލޯމީޓަރުގެ ބާރުމިނުގައި ވަނީ ވައި ޖެހިފައެވެ. ގަދަ ވަޔާއެކު އަލިފާންގަނޑު އިތުރު ސަރަހައްދުތަކަށް ފެތުރެމުންދާތީ އަލިފާން ކޮންޓްރޯލް ކުރަން ގޮންޖެހުންތައް ހުރި ކަމަށް ހާރިޖީ ވަޒީރު, އިބްރާހިމް ޔުމަކްލީ ވަނީ ވިދާޅުވެފައެވެ.
"ހެލިކޮޕްޓަރު ތަކާއި, އަލިފާންނިވާ މަތިންދާބޯޓްތަކާއެކު 1000 ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން" ހާރިޖީ ވަޒީރު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ވިދާޅުވެފައިވެއެވެެ.
މީޑިއާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ބޮޑެތި ފެންލޮރީ ތަކާއެކު ހެލިކޮޕްޓަރުުތަކުން ދަނީ ބޯކޮށް ދުންއަރާ ސަރަހައްދުތަކުގެ ހުޅުގަނޑު ފެރުރުމުގެ ކުރިން އެކަމަށް ސަމާލުވެ ފެންވެސް ޖަހަމުންނެވެ.ނަމަވެސް ވައިގަދަވެ ހެލިކޮޕްޓަރުތައް ދުއްވަން އުނދަގޫ ވުމުގެ ސަބަބުން މިއަދުވެސް ވަނީ ބައެއް ހެލިކޮޕްޓަރުތައް ގްރައުންޑްކޮށްފައެވެ.
ތުރުކިޔޭގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިޒްމީރްގެ އަދްނާން މެދެރިސް ވައިގެ ބަނދަރުގައި މިވަގުތު އޮތީ ހުރިހާ އުދުހުމެއް ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ފުރަތަމަ އަލިފާން ރޯވި އިޒްމީރްގެ ސެފެރިހްސާރު އަދި މެދެރިސް އާ ދެމެދުގެ ސަރަހައްދެއްގައި އިއްޔެގެ ވަގުތެއްގައެވެ. އަލިފާން ރޯވިތާ މާ ގިނައިރެއްނުވެ ގަދަ ވަޔާއެކު އަލިފާންގަނޑު ވަނީ ކައިރި ބޮޑު ސަރަހައްދަކަށް ފެތުރިފައިކަމަށް ސުލޭމާން އެލްބަން އަވަށުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މެދުތެރޭ އިޒްމީރް އާ 13 ކިލޯމިޓަރު ދުރުގައި އޮންނަ ގަޒިއެމިރް ސަރަހައްދެއްގައި އިތުރު އަލިފާންގަނޑެއް ރޯވެ އަނދަމުންދާކަމުގެ މައުލުމާތުވެސް މިހާރު ވަނީ ލިބިފައެވެ. އަލިފާންގަނޑު އެސަހަރައްދުގެ ގަސްބޯ ސަރަހައްދަކަށް ފެތުރި އޮޓޮކެންޓް ސިނާއީ ސަރަހައްދަށް މިސްރާބު ޖަހާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޮޓެކެން އަކީ ކާރުގެ ވިޔަފާރީގެ މައި ހަބެކެވެ.
ރިއެކްޝަންސް






