މިއަދުން ފެށިގެން ދުވާލަކު 10 ގަޑިއިރަށް ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ހަމަލާތައް ހުއްޓާލަނީ
ޣައްޒާގެ މަގެއް މަތީގައި ގޮތްހުސްވެފައިވާ މަންމައަކާއި ދަރިފުޅު: ފޮޓޯ: ޢަލީ ޖާދުالله, ޣައްޒާ

މިއަދުން ފެށިގެން ދުވާލަކު 10 ގަޑިއިރަށް ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ހަމަލާތައް ހުއްޓާލަނީ

މެދުތެރޭ ދިއެރް އެލް-ބަލަޙް އަދި އަލް-މަވާސީގައި މިއަދު ވަނީ ހަމަލާތައް ހުއްޓާލިކަން އިއުލާންކޮށްފައި

5 hours ago - 13:03
Jul 27, 2025 - 16:16

އިޒްރާއިލްއިން ޣާއްޒާގައި ހިންގާ އޮޕަރޭޝަންތައް މިއަދުން ފެށިގެން ދުވާލަކު 10 ގަޑިއިރަށް މެދުކަނޑާލަން ނިންމާފައިވާކަމަށް ޔަހޫދީ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ. ނަމަވެސް މިކަން ދެމިއޮންނާނީ ކިޔާ ދުވަހެއްވަންދެންކަން ބުނެފައެއް ނުވެއެވެ.

އިޒްރާއިލްއިން މި ނިންމުން ނިންމާފައިވަނީ އެމީހުން ގަސްތުގައި ޣައްޒާގެ އާބާދީ ބަނޑަށް ޖައްސައި ހައިހޫނުކަމުގައި ގިނަ އަދަދެއްގެ ބަޔަކު ދުނިޔޭ ދޫކުރަމުންދާ މި ދަނޑިވަޅުގައި އަމާޒުވަމުންދާ ފާޑުކިއުންތަކުން ސަލާމަތްވުމަށެވެ. އެގޮތުން އިޒްރާއިލްއިން ބުނެފައި ވަނީ މިއީ އެހީ ފޯރުކޮށްދިނުމުގެ ދޮރުތައް ތަނަވަސްކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމުގައެވެ.

މިއަދު ހެނުދުނު 10 ޖެހުމާއެކު މެދުތެރޭ ދިއެރް އެލް-ބަލަޙް އާއި އަލް-މަވާސީ ހިމެނޭ ސަރަހައްދުތަކުން އަސްކަރިއްޔާގެ އޮޕަރޭޝަންތައް މިހާރު މެދުކަނޑާލާފައިވާކަމަށް އަލް ޖަޒީރާއިން ދާދި ދެންމެއަކު ވަނީ ބުނެފައެވެ. އެސަރަހައްދުތަކުގައި އަސްކަރިްޔާގެ އޮޕަރޭޝަންތައް އަލުން ފަށާނީ މިރޭ 8 ޖަހާއިރުއެެވެ.

މީގެ އިތުރުން އިރުއޮށްސި 6 ން 11 އަށް ކާބޯތަކެތި އަދި ބޭހުގެ ގާފިލާތަކަށް ހާއްސަކުރެވިފައިވާ ސަލާމަތީ މަގުތަކުން ދަތުރުކުރުމުގެ ހުއްދަވެސް މިއަދުން ފެށިގެން ލިބިގެންދާނެކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފައވެެ.

Advertisement
Advertisement

މިޞްރުގެ ސަރުކާރާ ގުޅުން އޮންނަ އަލް ގަހޭރާ ނިއުސް ޓީވީންވެސް ރޭ ވަނީ މިޞްރުން ޣައްޒާއަށް އިންސާނީ އެހީގެ ޓްރަކްތައް ވަނުމަށް މިހާރު ދަތުރުކުރަމުން ދާކަމަށް ބުނެފައެވެ. އޭގެ ކުރިން އިޒްރާއިލްއިން ވަނީ ޣައްޒާއަށް އިންސާނީ އެހީ އެއަރޑްރޮޕް ކުރަން ފަށާފައިވާކަމަށް ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow