
އާ ޓަރމިނަލް އަށް މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށަނީ
ކެބިން ކްރޫއިން ތިބީ ދިވެހި ހެދުމުގައި
ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ އާ ޓަރމިނަލްއަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. އެގޮތުން އާ ޓަރމިނަލްއަށް އަންނަ ފުރަތަމަ ފްލައިޓަކީ ކޮޗިންގ އިން ފުރައިގެން މިއަދު އަންނަ މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާކްރާފްޓެވެ. އާ ޓަރމިނަލްއިން ފުރަތަމަ ޚިދުމަތް ދޭން ކަނޑައަޅާފައި އޮތީވެސް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްގްވާމީ ފްލައިޓް ތަކަށެވެ.
މިއަދު އާ ޓަރމިނަލްއަށް ޖައްސާ މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓްގެ ކެބިން ކްރޫއިން ތިބީ ދިވެހި ހެދުމުގައެވެ. އެގޮތުން އަންހެން ކެބިން ކްރޫއިން ތިބީ ދިގު ހެދުމުގައެވެ. ފިރިހެން ކެބިން ކްރޫއިން ތިބީ ހުދު ގަމީހާއި މުންޑްގައެވެ.
ފްލައިޓް މިހާރު ވަނީ ކޮޗިންގައެވެ. އެނބުރި އައިސް ޖެއްސުމަށްފަހު ފައިބާނީ އާ ޓަރމިނަލްއަށެވެ. އެއަޕޯރޓްސް ކޮމްޕެނީގެ އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލައިޓަކަށްވެސް އާ ޓަރމިނަލް އިން ޚިދުމަތް ދިނުމެވެ.
އާ ޓަރމިނަލް އަކީ ރައީސް އަބްދުالله ޔާމީންގެ ދައުރުގެ ފަހުކޮޅު ފަށާ, ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ދައުރުގައި މަސައްކަތުގެ ބޮޑުބައެއް ނިންމާ ހިނގަމުންދާ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ދައުރުގައި ފުރިހަމަކުރި އެއަޕޯޓެކެވެ.
ރިއެކްޝަންސް






