ބިދޭސީންނާ ގުޅޭ ފީ ތަކާއި ޖޫރިމަނާ ދެއްކުމަށް މުހުލަތެއް
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން... ފޮޓޯ: އިމިގްރޭޝަން

ބިދޭސީންނާ ގުޅޭ ފީ ތަކާއި ޖޫރިމަނާ ދެއްކުމަށް މުހުލަތެއް

ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއްލައްކަ ރުފިޔާ އަށްވުރެ މަދުވާނަމަ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ދައްކައި ޚަލާސް ކުރަންޖެހޭނެ

14 days ago - 13:28
Sep 2, 2024 - 14:14

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް މުހުލަތެއްދީފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވީ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއްލައްކަ ރުފިޔާ އަށްވުރެ މަދުވާނަމަ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ދައްކައި ޚަލާސް ކުރަންޖެހޭނެ ކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކޮށް އެފަދަ ފަރާތްތަކަށް އާ ހުއްދަ ދޫކުރުން މެދުކަނޑާލެވޭނެ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ ކޯޓާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ފީތަކާއި ޖޫރިމަނާތައް އެއްފަހަރާ ދެއްކުމުގައި ދަތިވާ ކަމުގެ ޝަކުވާ ވަޒީފާދޭ ގިނަ އަދަދެއްގެ ފަރާތްތަކަކުން އެ މިނިސްޓްރީއަށް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ސެޕްޓެންބަރު ދޭކުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސް ކުރުމަށް ސަރުކާރާއެކު އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ވަޒީފާދޭ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow