ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 50 ބިދޭސީއަކު ހިފަހައްޓައި އިމިގްރޭޝަނާ ހަވާލުކޮށްފި

ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 50 ބިދޭސީއަކު ހިފަހައްޓައި އިމިގްރޭޝަނާ ހަވާލުކޮށްފި

4 months ago - 11:24
Jun 30, 2024 - 11:30

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން، ދިވެހި ފުލުހުންނާ ގުޅިގެން ، ހޮނިހިރު ދުވަހު ފެށި މި އޮޕަރޭޝަންގެ ބޭނުމަކީ، ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، ޤަވައިދުން ބޭރުން ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމެވެ.

ފުލުހުން ވިދާޅުވީ އޮޕަރޭޝަންގެ ފުރަތަމަ ދުވަހު (އިއްޔެ) ބަލާފައިވަނީ މާލޭގެ އެކި ސަރަޙައްދުތައްކަމަށެވެ. އެގޮތުން މާލޭގެ ލޯކަލް މާރުކޭޓާ މާލެތެރޭގައި ހުރި މާރުކޭޓުތައް އަދި މާލޭގެ ބައެއް އެހެން ސަރަޙައްދުތައްވެސް ބަލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ޗެކްކުރި އިރު، ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދެސީންގެ މަޢުލޫމާތު ހިމެނޭ ޑެޓާބޭސްއެއް ތައްޔާރުކުރުމުގެ ބޮޑު ޕްރޮގްރާމެއްވެސް ފަށާފައެވެ. "އޮޕަރޭޝަން ކުރަނގި" ނަމުގައި ފަށާފައިވާ މި އޮޕަރޭޝަންގައި ރާއްޖޭގައި ޤަވާއިދާއި އެއްގޮތަށް އުޅެމުންދާ ބިދޭސިންނާއި އަދި ލިޔެކިޔުން ނެތް ބިދޭސީންގެ މަޢުލޫމާތުތައް ވެސް އެއްކުރާނެއެވެ.

މާލެއާއި ބައެއް ރަށްރަށުގައި މި އޮޕަރޭޝަން ފަށާފައިވާއިރު ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތް  އަހަރުގެ ތެރޭގައި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ.

މި އޮޕަރޭޝަންގެ ތެރެއިން ބަޔޯމެޓްރިކް ޑާޓާ ކަމަށްވާ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ހަދަން ބޭނުންވާ ފޮޓޯ ނަގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަޤުސަދެއް ނޫންކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެފައިވެއެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތުނވެސް ވަކި އުސޫލެއްގެ ތެރެއިން ފަހިކޮށްދިނުންވެސް ކުރިއަށްދާނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ. އަދި ސަރުކާރުގެ ޢަމާޒަކީ ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ޙައްލުކުރުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow