ހުއްދަނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯރޓްކޮށްލެވޭނެ: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން

ހުއްދަނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯރޓްކޮށްލެވޭނެ: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން

4 months ago - 10:37
Jun 30, 2024 - 17:41

ހުއްދަނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން އުސޫލުގެ ތެރެއިން ޑީޕޯރޓްކޮށްލެވޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އިއްޔެ ވަނީ ޖޮއިންޓް ޚާޢްޞަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، މި ޖޮއިންޓް އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާކަމަށެވެ. އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ލެވޭނެ ކަމަށެވެ. 

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.

ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ދަށުން އިއްޔެ ފެށި މި އޮޕަރޭޝަންގެ ބޭނުމަކީ، ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، ޤަވައިދުން ބޭރުން ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު މާލޭގެ އެކި ސަރަޙައްދުތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މާލޭގެ ލޯކަލް މާރުކޭޓާ މާލެތެރޭގައި ހުރި މާރުކޭޓުތައް އަދި މާލޭގެ ބައެއް އެހެން ސަރަޙައްދުތައް ވެސް ބަލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ބެލިއިރު، ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ 50 ބިދޭސީން އަތުލައިގަނެ އެބިދޭސީން އިމިގްރޭޝަނާ ޙަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow