ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާގެ ތެރެއިން ފައިސާ ނެގުން ޓޮލަރޭޓެއް ނުކުރާނަން: ހޯމް މިނިސްޓަރ

ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާގެ ތެރެއިން ފައިސާ ނެގުން ޓޮލަރޭޓެއް ނުކުރާނަން: ހޯމް މިނިސްޓަރ

4 months ago - 10:09
Jun 30, 2024 - 11:39

މިއަދުގެ ސަރުކާރުގައި ޔުނިފޯމުއެޅި އެއްވެސް އޮފިސަރަކު، އެބައެއްގެ ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާގެތެރޭގައި ފައިސާ ނަގައިފި ނަމަ، އެކަމެއް ޓޮލަރޭޓް ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ޔުނިފޯމުއެޅި އެއްވެސް މުއައްސަސާއެއްގެ އޮފިސަރަކު، އެއޮފިސަރެއްގެ ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާގެތެރޭގައި ފައިސާ ނަގައި، ފައިސާއަށްޓަކައި އެމީހާގެ ޔުނިފޯމު ވިއްކާލައިފި ނަމަ، އެފަދަ އަމަލެއް ހިންގިކަން އެނގިއްޖެ ނަމަ، އެއްވެސް ވަރަކަށް އެކަމެއް ޓޮލަރޭޓް ނުކުރައްވާނެ ކަމަށެވެ.

މިނިސްޓަރު  ވިދާޅުވީ، ޔުނިފޯމު އެޅި އޮފިސަރުންނަށް ރައްޔިތުން ކުރަނީ އާދަޔާ ޚިލާފު އިތުބާރެއް ކަމަށާއި، އެއިތުބާރު ގެއްލޭގޮތަށް ބައެއް މުވައްޒަފުން އަމަލު ބެހެއްޓުމަކީ ވަރަށް ހިތްދަތިވާ  ކަމެއް ކަމަށެވެ. އެމަނިކުފާނު މަގާމާ ހަވާލުވުމަށް ފަހު ވެސް، އެފަދަ އެއްވެސް އަމަލަކަށް އަރައިނުގަތުމަށް، ދިވެހި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހުރިހާ މުވައްޒަފުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައި ވާނެ ކަން ވެސް މިނިސްޓަރ އިހުސާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިސަރުކާރުގައި ވެސް އަދި ކުރީ ސަރުކާރުގައި ވެސް އެފަދަ އަމަލެއްކޮށްފައިވާ ޔުނިފޯމުއެޅި މުވައްޒަފުންގެ މައްސަލަ، ޚާއްސަ އިސްކަމެއް ދެއްވައިގެން ތަހުގީގު ކުރައްވާނެ ކަމަށެވެ. މިނިސްޓަރ މިމޭރުމުން ވާހަކަ ދެއްކެވީ، ކަރެކްޝަންގެ އޮފިސަރުންތަކެއް ވަޒީފާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ނުހައްގު މުއްސަނދި ކަމެއް ހޯދުމާއި ގުޅިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow