އަލް-ހިލާލްއިން ސިޓީ ކަޓުވާލައި ކުއާޓަރ އަށް, އިންޓަރ  މިލާން ވެސް ފުލުމިނެންސް އަތްދަށުވެ ރަށަށް
ސިޓީ އަދި އަލް-ހިލާލްގެ މެޗުގެ ތެރެއިން

އަލް-ހިލާލްއިން ސިޓީ ކަޓުވާލައި ކުއާޓަރ އަށް, އިންޓަރ މިލާން ވެސް ފުލުމިނެންސް އަތްދަށުވެ ރަށަށް

3 hours ago - 09:51
Jul 1, 2025 - 10:02

ފީފާ ކްލަބް ވޯލްޑްކަޕްގެ ގަދަ 16 ގައި މެންޗެސްޓަރ ސިޓީ އާއި އަލް-ހިލާލް ބައްދަލުކުރިމެޗު 3-4 ން ކާމިޔާބުކޮށް އަލް-ހިލާލްއިން ސިޓީ ހައިރާންކޮށްލައި މުބާރާތުން ކަޓުވާލައިފިއެވެ. ރޭ އިންޓަރ މިލާން އާއި ބްރެޒިލްގެ ފުލުމިނެންސް ބައްދަލުކުރި މެޗު 2-0 ން ފުލުމިނެންސް ކާމިޔާބުކުރުމާއެކު އިންޓަރ ވެސް ވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

އަލް-ހިލާލްއިން ކުއާޓަރ ފައިނަލްގައި ވާފަކުރާނީ ފުލުމިނީސް އާއެވެ.

ސިޓީ-އަލް-ހިލާލް ގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ސިޓީންނެވެ. އިކާއި ގުންޑޮގަން ތަނަވަސްކޮށްދިން ފުރުޞަތުގައި ސިޓީގެ ފުރަތަމަ ގޯލް 9 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކެޕްޓަން ބެނާޑޯ ސިލްވަރ އެވެ.

Advertisement
Advertisement

 

އިންޓަރ އިން ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި މާކޮސް ލިއެނާޑޯ ގެ ގޯލުންނެވެ. އޭގެ ފަސް މިނިޓް ފަހުން އަލް-ހިލާލްއިންވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. 52 ވަނަ މިނިޓްގައި މެލްކޮމްގެ ގޯލް ޖެހުމުގައި އެހީތެރިވީ ޔާއޮ ކެންސެލޯއެވެ.

ނަމަވެސް ސިޓީގެ އާލިން ހާލަންޑް ވަނީ 55 ވަނަ މިނިޓްގައި ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗު ނިމި އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނީ އެ ނަތީޖާއާއެކުއެވެ.

އިތުރު ވަގުތުގައި ފުރަތަމަ ލީޑު ނެހީ އަލް-ހިލާލް އިންނެވެ. ހަތަރުވަނަ މިނިޓްގައި އަލް-ހިލާލް އިން ނަތީޖާ 3-2 ށް ބަދަލުކޮށްލިތާ 10 މިނިޓްފަހުން ސިޓީގެ ފިލް ފޯޑެން ގޯލެއް ޖަހާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް ހިލާލްއިން ދޫ ނުދީ އޭގެ ދެ މިނެޓް ފަހުން މާކަސް ލެއޮނާޑް މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލާއެކު މެޗު ނިމުނީ  އަލް-ހިލާލް މެޗު ކާމިޔާބުކޮށްގެންެވެ.

ސިޓީއަކީ ސައްތައިން ސައްތަ ރެކޯޑަކާއެކު މުބާރާތުގެގަދަ 16 އަށް ދަތުރުކުރި ހަމައެކަނި ޓީމެވެ.

ހޯމަ ދުވަހު ބްރެޒިލްގެ ފުލުމިނެންސް އަތުން ބަލިވެ 2-0 ން ބަލިވެ ރަށަށްދާޖެހުނު އިޓަލީގެ އިންޓަރ މިލާން އަށް މެޗު ނިމުން އިރުވެސް ފުލުމިނެންސް ގެ ގޯލަށް ނުރައްކާކުރާނެ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. 

މެޗުގެ ވަރަށް ކުރީކޮޅު ޖާމަން ކެނޯގެ ގޯލާއެކު މެޗުގެ އިތުރުވަގުތަށް ދިޔައިރުވެސް ފުލުމިނެންސް ލީޑުގައި އޮތީ 1-0 ން ނެވެ. އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ހާކިއުލަސްގެ ގޯލާއެކު މެޗުވެސް ނިމުނީ އިންޓަރ މިލާން ހައިރާންކޮށްލާ ކުއާޓާރގެ ޖާގަ ފުލުމިނެންސް ކަށަވަރުކޮށްގެންނެވެ.

މެޗަށްފަހު އިންޓަރ ގެ ކެޕްޓަން ލައުރާޓޯ މާޓިނޭޒް ވަނީ ކުޅުންތެރިންގެ މެންޓަލިޓީ އާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ވާހަކަ ދައްކާފައެވެ.

"އަހަރެން މިހުރީ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން ފައިޓްކުރަން. އިންޓަރ ގައި ހުންނަން ބޭނުން މީހަކު ހުންނަންވީ  އެ ފައިޓް ކުރުމުގަ. އެކަމަކު ކްލަބްގައި މަޑުކުރަން ބޭނުން ނޫން މީހުން ކްލަބް ދޫކޮށް ދޭ. އަހަރެމެން ބޭނުމީ ޓީމާއެކު ތިބޭނެ ކުޅުންތެރިން , ޓީމާއެކު ނަތީޖާ ހާސިލް ކުރާނެ މެންޓަލިޓީ ނެތިއްޔާ ދާންވީ" ހިތްހަމަ ނުޖެހި ހުރެ އީއެސްޕީއެންއަށް މާޓިނޭޒް ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow