ފަހަތުން އަރާ ބްރައިޓަން އިން ސިޓީބަލިކޮށް, ވެސްޓްހެމް އިން ފޮރެސްޓްގެ މައްޗަށް މޮޅެއް
މެޗަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ބްރައިޓަން

ފަހަތުން އަރާ ބްރައިޓަން އިން ސިޓީބަލިކޮށް, ވެސްޓްހެމް އިން ފޮރެސްޓްގެ މައްޗަށް މޮޅެއް

10 hours ago - 20:51
Aug 31, 2025 - 20:53

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު މެންޗެސްޓަރ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު ސިޓީން ގޯލެއް ކާމިޔާބުކޮށްފައި އޮށްވާ ފަހަތުން އަރާ ދެގޯލް ކާމިޔާބުކޮށް ބްރައިޓަން އިން ސިޓީ ބަލިކޮށްފިއެވެ. ވެސްޓްހެމް ޔުނައިޓަޑް އިން ނޮޓިންގްހަމް ފޮރެސްޓްގެ މައްޗަށް ފަހުވަގުތު އޮއްސާލި ގޯލްތަކާއެކު ކާމިޔާބު ހޯދީ 3-0 ންނެވެ.

މި ސީޒަންގައި ބްރައިޓަންގެ ފުރަތަމަ މޮޅު ހޯދިއިރު ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް މިވަނީ ބަލިވެފައެވެ. ބްރައިޓަން މެޗުން މޮޅުކޮށްދިން ގޯލް 89 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޖަރުމަނުގެ މިޑްފީލްޑަރު ބްރަޖަން ގްރޫޑާއެވެ. 

މެޗުގައި ފުރަތަމަ ލީޑު ނެގި ސިޓީގެ ހަމައެކަނި ގޯލް އޮމަރް މަރްމޯޝް ތަނަވަސްކޮށްދިން ފުރުޞަތުގައި މެޗުގެ 34ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އާލިން ހާލަންޑްއެވެ. މިއީ ހާލަންޑް ޕްރިމިއަރ ލީގުގައި ކުޅެދިން 100 ވަނަ މެޗެވެ. އަދި ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އޭނާ ކުޅުނު 88 ވަނަ މެޗެއެވެ.

ބްރައިޓަންއިން ނަތީޖާ އެއްވަރުކުރީ ޕެނަލްޓީ އޭރިއާތެރެއިން ސިޓީިގެ ޑިފެންޑަރު މެތިއުސް ނުނޭޒްގެ އަތުން ބޯޅައިގައި ޖެހުމުން ލިބުނު ޕެނަލްޓީގައެވެ. ކުރީގެ ކްލަބާ ދެކޮޅަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާއެވެ. މިއާއެކު އޭނާ ވަނީ ޕްރިމިއަރ ލީގުގައި ގޯލެއް ކާމިޔާބުކުރި ދެވަނައަށް އެންމެ އުރުމުންދޮށީ ކުޅުންތެރިޔާއަށް ވެފައެވެ.

Advertisement
Advertisement

މިދިޔަ ހަފުތާ ބަންދުގައި 2-0 ން ޓޮޓްނަމް ހޮޓްސްޕަރ އަތުން ބަލިވި ސިޓީ ތާވާލުގައި މިވަގުތު އޮތީ އެންމެ ތިން ޕޮއިންޓާއެކުއެވެ.

ވެސްޓްހެމް އާއި ފޮރެސްޓް ބައްދަލު ކުރި މެޗުގައި ވެސްޓްހެމްގެ ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު 6 މިނިޓްގެ ތެރޭގައެވެ. 84 ވަނަ މިނިޓްގައި ޖެރޯޑް ބޮވެމް ލީޑުނަގައިދިންތާ ހަތަރުވަނަ މިނިޓްގައި ލޫކަސް ޕަކޭޓާ ވަނީ ދެވަނަ ގޯލް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. 

ވެސްޓްހެމްގެ ތިންވަނަ ގޯލް މެޗުގެ ފުރިހަމަ ވަގުތުނިމި އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކަލުމް ވިލްސަންއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow