އިންޓަރ އަށް ޖަޕާނުގެ އުރާވާ އަތުން ސަލާމަތްވީ ފަހު ވަގުތު
އިންޓަރ އަދި އުރާވީގެ މެޗުގެ ތެރެއިން. ފޮޓޯ: އިންޓަރ މިލާން

އިންޓަރ އަށް ޖަޕާނުގެ އުރާވާ އަތުން ސަލާމަތްވީ ފަހު ވަގުތު

8 hours ago - 09:50
Jun 22, 2025 - 09:52

ފީފާ ކްލަބް ވޯލްޑްކަޕްގައި މިއަދު ހެނދުނު ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑް އަތުން ހަނިގޮތަކަށް ސަލާމަތްވެ, މުބާރާތާއެކު ކުރިއަށް ދިއުމުގެ އުއްމީދު އިންޓަރ މިލާންއިން އާކޮށްފިއެވެ. އިންޓަރ އިން ފަހަތުން އަރާ 2-1 ން އުރާވާ ގެ މައްޗަށް ކާމިޔާބު ހޯދި މެޗުގައި ދެވަނަ ގޯލްޖެހީ މެޗުގެ އެންމެ ފަހު ނިމިޓްގައެވެ.

އުރާވާއިން ލީޑުނެގީ މެޗުގެ 11 ވަނަ މިނިޓްގައެވެ. ރްޔޯމާ ވަޓަނާބޭ ގެ ގޯލާއެކު ފުރަތަމަ ހާފު އުރާވާއިން ނިންމާލީވެސް ލީޑުގައި އޮވެގެންނެވެ. ނަމަވެސް ފުރަތަމަ ހާފުގައި އިންޓަރ އިން ވަނީ ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައެވެ.

އިންޓަރއަށް ނަތީޖާއެއްވަރުކޮށްދިނީ ލައުރާޓޯ މާޓިނޭޒް ބޮލުންޖަހާ ގޯލަށް ފޮނުވާލި ހިތްގައިމު ބޯޅައާއެކު މެޗުގެ 78 ވަނަ މިނިޓްގައެވެ. ގޯލް ޖެހުމުގައި އޭނާއަށް އެހީތެރިވީ ނިކޮލާ ބޮރޭލާއެވެ. އިންޓަރ މެޗުން މޮޅުވި ގޯލް މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ ވެލެންޓައިން ކާބޯނީއެވެ.

ދެވަނަ ހާފުގައި އިންޓަރ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް  މުޅި މެޗުގައިވެސް ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު އުރާވީ އިން ވަނީ އިންޓަރ ހަމަލާތައް ދިފާއުކުރުމުގައި ކާމިޔާބީ ހޯދާފައެވެ.

Advertisement
Advertisement

އިންޓަރ އިން މެޗު ކާމިޔާބުކުރި ނަމަވެސް ގްރޫޕް-އީ ގެ އެއްވަނައިގައި ގޯލްގެ ތަފާތުން ކުރީގައި އޮތީ މިއަަދު މެކްސިކޯގެ މޮންޓެރޭއާ 0-0 ން އެއްވަރުވި އާޖެންޓިނާގެ ރިވަރ ޕްލޭޓްއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow