
ކްލަބް ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ 'އެންމެ ގޯސް ހިޔާލު'ކަަމށް ކްލޮޕް ބުނެފި
ފީފާ ކްލަބް ވޯލްޑްކަޕަކީ ފުޓްބޯޅައިގައި ތަންފީޒުކުރެވުނު އެންމެ ގޯސް ހިޔާލުކަމަށް ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ. ކްލޮޕް މިހެން ބުނެފައިވަނީ ކުޅުންތެރިންގެ ސިއްހަތަށާއި އުފާވެރިކަމަށް އެކަމުން 'ސީރިއަސް ބިރު' އޮތްކަމަށް ބުނެއެވެ.
ކްލޮޕް އަކީ މިހާރު ރެޑްބުލްގެ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އިސްފަރާތެވެ. އަދި މިހާރު އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑްކަޕަށް ރެޑްބުލްގެ ކްލަބެއް ކަމަށްވާ ސަލްސްބާގްވެސް ވަނީ ކޮލިފައި ވެފައެވެ.
ކްލޮޕް އަކީ އާންމުކޮށްވެސް ކުޅުންތެރިންގެ މަސައްކަތުގެ ބުރައާއި ފިތިބާރުވެފައި ހުންނަ ތާވަލްތަކާގުޅޭ މައްސަލަތަކުގައި ކުޅުންތެރިންނާ އެއްކޮޅަށް ވާހަކަދައްކާ އެބާވަތުގެ ދޯހަޅި ކަންކަމާ ދެކޮޅަށް ބަސްބުނާ ފަރާތެެވެ.
ކްލަބް ވޯލްޑްކަޕް ފެށުމުގެ ކުރިން ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން 'ފިފްޕްރޯ' އިންވެސް ވަނީ ކުޅުންތެރިންނަށް މަދުވެގެން ހަތަރު ހަފުތާގެ އޮފް-ސީޒަން ބްރޭކްއެއް ބޭނުންވާނެ ކަމަށް ބުނެފައެވެ.
މިއަހަރުގެ ކްލަބް ވޯލްޑްކަޕްގައި 32 ޓީމެއް ފުރަތަމަ ބުރުގައި 48 މެޗު ކުޅުނުއިރު ސަލްސްބާގް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.
ޖަރުމަނުގެ ނޫހަކަށް ކްލޮޕް ދިން އިންޓަވިއުއެއްގައި ބުނީ ކްލަބް ވޯލްޑް ކަޕުން ވިސްނަނީ ހަމައެކަނި މުބާރާތާ ދޭތެރޭގައި ކަމަށާއި, ވަށައިގެން ދެން ހުރި ކަންކަމަކީ އެމީހުންނަށް މުހިއްމު ކަންކަން ނޫންކަމަށެވެ. އެގޮތަށް ބަލާއިރު ކްލަބް ވޯލްޑް ކަޕަކީ ފުޓްބޯޅައިގައި އުފެއްދި އެންމެ ގޯސް ހިިޔާލުކަމަށެވެ.އަދި އެއީ ކުރާނެކަމެއް ނޭނގިގެން އުޅޭ މީހުންނަށް އަންނަ ކަހަލަ ހިޔާލެއްކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.
"ފާއިތުވި އަހަރު ކޮޕާ އެމެރިކާ, އޭގެ ކުރިންއަހަރު ޔޫރޯ, މިއަހަރު ކަލްބް ވޯލްޑްކަޕް, މިއަންނަ އަހަރު ވޯލްޑްކަޕް. ދެން ކޮބާ ކުޅުންތެރިން އަރާމުކޮށް ރިކަވަރީއަށް ހޭދަކުރާނެ ވަގުތެއް" ކްލޮޕް ބުނެފައި ވެއވެެ.
ރިއެކްޝަންސް






