ކޮޕަރ ޑެލްރޭ: ސެލްޓަވީގޯ ބަލިކޮށް ރިއަލް މެޑްރިޑް ކުއަޓަރ ފައިނަލަށް
5-2 ން ސެލްޓަވީގޯ ބަލިކޮށް, ކޮޕަރ ޑެލްރޭގެ ކުއާޓަރ ފައިނަލަށް ރިއަލް މެޑްރިޑް ދަތުރުކޮށްފިއެވެ.
މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވި އިރުވެސް 2-1 ން ރިއަލް މެޑްރިޑް ކުރީގައި ވަނިކޮށް, އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ސެލްޓަވީގޯއަށް ޕެނަލްޓީއެއް ލިބުމުން ރިއާލް އަށް ގޮތް ހުސްވިއެވެ. ނަމަވެސް ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އެންޑްރިކް ވަނީ ރިއަލް މެޑްރިޑަށް ކުއާޓާރ އަށް ގެންގޮސް ދިނުމުގައި މުޙިއްމު ދައުރެއް އަދާކޮށްފައެވެ
މެޗުގެ 37 ވަނަ މިނިޓްގައި ރެއާލްއަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މާގިނައިރެއް ނުވެ ވިނީޝިއުސް ޖޭއާރު ވަނީ ގޯލެއްޖަހާ ރެއާލްއަށް ލީޑު ފުޅާކޮށްދީފައެވެ.
ސެލްޓަވީގޯ އިން އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ 83 ވަނަ މިނިޓްގައި ޖޮނަތަން ބަމްބާއެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މެޗުގެ އޮއިވަރު އެނބުރުނީ ބަމްބާއަށް ކުރި ފައުލަކާ ގުޅިގެން ސެލްޓާވީގޯއަށް ލިބުނު ޕެނަލްޓީ މާކޮސް އޮލޮންސޯ ކާމިޔާބުކުރުމާއެކުއެވެ. އޮލޮންސޯ އަކީ ރިއަލްގެ ޔޫތް ޓީމުގެ ތެރެއިން އުފެދުނު ކުޅުންތެރިއެކެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ރެއާލް ކޮޅަށް ނަތީޖާ އަނބުރާލަދިނީ ބަދަލަކަށް ނިކުއިން ޒުވާން އެންޑްރިކް އެވެ. އެއީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 18 ވަނަ މިނިޓްގައި އަރްދާ ގުލާ ތަނަވަސްކޮށްދިން ފުރުޞަތުގައި ލަނޑު ޖަހައިގެންނެވެ.
އޭގެ ތިން މިނިޓް ފަހުން ޗުއަމެނީގެ އެހީތެރި ކަމާއެކު ފެޑްރީކޯ ވަލްވާޑޭ ވަނީ ރިއަލްއަށް އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. ރިއަލްގެ ފަސްވަނަ ގޯލް އިތުރު ވަގުތުގެ 29 ވަނަ މިނިޓްގައި އަރްދާ ގުލާ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ ވެސް އެންޑްރިކް އެވެ.
ފާއިތުވި ސީޒަންގެ ކޮޕަ ޑެލްރޭގެ ސެމީގައި ކުޅުނު ރިއަލް ސޮސިއެޑާޑް ވެސް ވަނީ އަމިއްލަ ދަނޑުގައި 3-1 ން ރަޔޯ ވަޔަނާނޯ ބަލިކޮށް ކުއާޓަރގެ ޖާގައެއް ކަށާވަރުކޮށްފައެވެ.
ކުއާޓަރ ފައިނަލްގެ ގުރު ނެގުން އޮންނާނީ ޖެނުއަރީ 20 ވާ ހޯމަ ދުވަހުއެވެ. ކްއާޓާގައި ވާދަކުރާ އެހެން ކްލަބްތަކަކީ ބާސެލޯނާ, އެތްލެޓިކޯ މެޑްރިޑް, ވެލެންސިއާ, ލެގަނޭސް އަދި ގެޓާފޭ އެވެ.
ރިއެކްޝަންސް