ފަހު ވަގުތު ޕެޑްރޯ ނޭޓޯގެ ގޯލުން ޗެލްސީ މޮޅު
ޕެޑްރޯ ނޭޓޯ ޗެލްސީ މޮޅުކޮށްދިން ގޯލް ޖެހުމަށްފަހު. ފޮޓޯ: އީއެސްޕީއެން

ފަހު ވަގުތު ޕެޑްރޯ ނޭޓޯގެ ގޯލުން ޗެލްސީ މޮޅު

2 hours ago - 21:00
Apr 20, 2025 - 21:30

އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލްމް އާއި ޗެލްސީ ބައްދަލުކުރި މެޗު, ފަހުވަގުތު ޕެޑްރޯ ނޭޓޯ ކާމިޔާބުކޮށްދިން ގޯލާއެކު ޗެލްސީ ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހު ކްރެވަން ކޮޓޭޖްގައި ކުޅުނު މި މެޗުގައި ޗެލްސީން ހޯދި މޮޅާއެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ އުއްމީދަށް އަނެއްކާވެސް މިވަނީ ދިރުންލިބިފައެވެ.

ލީގު ތާވަލްގެ ފަސްވަނައަށް 57 ޕޮއިންޓާއެކު ޗެލްސީ ޖެހިލާފައިވާއިރު, ނޮޓިންގްހަމަ ފޮރެސްޓް ހަވަނައިގައި އޮތީވެސް ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ނޮޓިންހަމްއިން މާދަމާ ޓޮޓެންހަމް ހޮޓްސްޕަރ އާ ވާދަކުރާނެއެވެ. ފުލަމް އޮތީ 48 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.

ފުލަމްއިން މެޗުގެ 20 ވަނަ މިނިޓްގައި ލީޑުނެގީ ޗެލްސީގެ ކެޕްޓަން ރީސޭ ޖޭމްސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރަޔަން ސެސެގަން ތަނަވަސްކޮށްދިން ފުރުޞަތުގައެވެ. ފުރަތަމަ ގޯލް އަލެކްސް އިވޯބީ ކާމިޔާބުކުރީ އޭރިއާގެ އަރިމަތިން ފޮނުވާލިބޯޅަ ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

Advertisement
Advertisement

މެޗުގެ ފަހު 10 މިނިޓާ ހަމައަށް ދިޔައިރުވެސް ގޯލެއް ކާމިޔާބު ނުކުރެވި ޕްރެޝަރުގައި އޮތް ޗެލްސީއަށް 83 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ތައިރީޤް ޖޯޖްއެވެ. ފޭނުން ހެއްވާލާ ޗެލްސީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗުގެ އިތުރުވަގުތުގައި އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ޕެޑްރޯ ނޭޓޯއެވެ.

އާދިއްތަ ދުވަހު ކުޅުނު އިތު މެޗުތަކަށް ބަލާއިރު އާސެނަލް އިން އިޕްސްވިޗް ޓައުން ބަލިކުރީ 4-0 ންނެވެ. މެންޗެސްޓަރ ސިޓީ ވުލްވްސް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow