ލިވަޕޫލްއިން ބޮޑު މޮޅަކާއެކު ލީޑު ފުޅާކުރިއިރު މެންޗެސްޓަރ ޔުނައިޓަޑް އަމިއްލަ ދަނޑުގައި ބަލި
މެޗުގައި ލިވަޕޫލްގެ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ސަލާޙް. ފޮޓޯ: ޕްރިމިއަރ ލީގު

ލިވަޕޫލްއިން ބޮޑު މޮޅަކާއެކު ލީޑު ފުޅާކުރިއިރު މެންޗެސްޓަރ ޔުނައިޓަޑް އަމިއްލަ ދަނޑުގައި ބަލި

3 months ago - 01:11

އިނގިރޭސި ޕްރިމިއަރ ލީގުގައި މޮޅު ނަތީޖާތަކެއް ހޯދަމުން އަންނަ ލިވަޕޫލްއިން ޓޮޓްނަމް ހޮޓްސްޕަރ ގެ މައްޗަށް 6-3 ން ކުރިހޯދައިފިއެވެ. ހަތަރު ޕޮއިންޓް ލީޑެއްގައި ތާވަލްގެ ކުރީގައި ލިވަޕޫލްއިން ހަމަޖެހިލިއިރު އާދިއްތަ ދުވަހުގެ މެޗުގައި ލުއިޒް ޑިއަޒް އަދި މުޙައްމަދު ސަލާޙް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. މެންޗެސްޓަރ ޔުނައިޓަޑް އަމިއްލަ ދަނޑުގައި 3-0 ން ބަލިވީ ބާންމައުތު އަތުންނެވެ.

މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލް 23 ވަނަ މިނިޓްގައި ކާމިޔާބުކުރީ ލުއިސް ޑިއަޒްއެވެ. ޓްރެންޓް އަލެކްސެންޑަރ އާނޯލްޑް ނަގައިދިން ރީތި ހުރަހެއް ބޮލުންޖަހާ ގޯލަށް ފޮނުވާލިތާ 13 މިނިޓް ފަހުން އެލެކްސިސް މެކް އެލިސްޓަރ ވަނީ ލިވަޕޫލްއަށް ލީޑު ފުޅާކޮށްދީފައެވެ.

ހާފް-ޓައިމްގެ ހަތަރު މިނިޓް ކުރިން ޓޮޓްނަމްގެ ޖޭމްސް މެޑިސަން ގޯލެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑޮމިނިކް ޒޮބޮޒްލާއި އިތުރު ގޯލެއް ކާމިޔާބުކޮށް ޓޮޓްޓަމްއަށް ކުރިއަށްދިއުމުގެ ދަތުރަށް ދަތިކަމެއް ގެނުވިއެވެ.

ދެވަނަހާފު ފެށިގެން 9 ވަނަ މިނިޓް އަދި މެޗުގެ 61 ވަނަ މިނިޓްގައި ލިވަޕޫލްއަށް އިތުރު ދެ ގޯލް ކާމިޔާބުކޮށް ލީޑު ބޮޑުތަކުން ފުޅާކޮށްދިނީ އެޓީމުގެ މިޞްރުގެ ފޯވާޑް މުޙައްމަދު ސަލާޙްއެވެ. ނަމަވެސް މެޗުގެ 72ވަނަ މިނިޓްގައި ޑޭހަން ކުލުސްވެސްކީ އަދި 83 ވަނަ މިނިޓްގައި ޑޮމިނިކް ސޮލާންކޭ ވަނީ އިތުރ ދެ ގޯލް ކާމިޔާބުކޮށް ޓޮޓްނަމްއަށް ނުތަނަވަސްކަން ފިލުވާދީފައެވެ. ލިވަޕޫލްގެ ފަހު ގޯލް މުޙައްމަދު ސަލާޙް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބު ކުރީ ލުއިޒް ޑިއަސްއެވެ.

Advertisement
Advertisement

ންތީޖާ އާއެކު ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ 16 މެޗުން 39 ޕޮއިންޓާއެކުއެވެ. 17 މެޗު ކުޅެ ތާވަލްގެ 11ވަނައިގައި ޓޮޓްނަމް އޮތީ 23 ޕޮއިންޓާއެކުއެވެ. 28 ޕޮއިންޓާއެކު ތާވަލްގެ ގަދަ ފަހެއްގައި އޮތް ވުލްވުސް އަތުން އަމިއްލަ ދަނޑުގައި 3-0 ން ބަލިވި މެންޗެސްޓަރ ޔުނައިޓަޑް ތާވަލްގެ 13ވަނައިގައި އޮތީ 22 ޕޮއިންޓާއެކުއެވެ.

ބުރާސްފަތި ދުވަހު ކަރަބޯ ކަޕްގައި ޓޮޓްނަމް އަތުން 4-3 ން ބަލިވި ފަހުން ކުޅުނު މެޗުގައިވެސް ބާންމައުތު އަތުން 3-0 ން ބަލިވިއިރު ޕްރިމިއަރ ލީގުގައި އެންމެ ފަހުން ޔުނައިޓަޑް ކުޅުނު ދެ މެޗުންވެސް މިވަނީ ބަލިވެފައެވެ.

މެޗުގައި ބާންމައުތުގެ ފުރަތަމަ ގޯލް 29ވަނަ މިނިޓްގައި ޑީން ހުއިސެން ބޮލުން ފޮނުވާލި ބޯޅަ އާއެކު ކާމިޔާބުކުރި އިރު, ޔުނައިޓަޑްގެ ޑިފެންސް އޮތީ މުޅިން ހާވިޔާވެފައެވެ. ދެވަނަ ގޯލް ޕެނަލްޓީން އަކުން ކާމިޔާބު ކުރިއިރު ޔުނައިޓަޑްގެ ކީޕަރު އަންދްރޭ އޮނާނާ ނުބައި ފަޅިއަށް ފޮނުވާލުމުގައި ޖަސްޓިން ލިއުވަރޓް ވަނީ ކާމިޔާބު ހޯދާފައެވެ. ބާންމައުތުގެ ތިންވަނަ ގޯލް މެޗުގެ 63ވަނަ މިނިޓްގައި ކާމިޔާބުކުރީ އެންޓޮއިން ސެމެންޔޯއެވެ.

މެންޗެސްޓަރ ޔުނައިޓަޑްގެ އާ ކޯޗު ރުބެން އަމޯރިމްގެ ސްކޮޑުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޖާގަ ގެއްލުނު މާކަސް ރަޝްފޯޑު އޯލްޑް ޓްރެފޯޑްގައި މެޗު ބަލަން އިންއިރު އޭނާ ކްލަބް ދޫކޮށްދާން އުޅޭ ވާހަކަތައް މިފަހުން ވަނީ އިތުރުވެފައެވެ.

އާދިއްތަ ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެވަޓަން އާއި ޗެލްސީ އަދި ފުލަމް އާއި ސައުތަމްޕްޓާން ބައްދަލުކުރިމެޗުތައް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ލެސްޓަރ ސިޓީ ވުލްވުސް އަތުން ބަލިވީ 3-0 ންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow