
ރައުލް އާ އަޅާކިޔިން "ހުވަފެނުގައި ދިރިއުޅެވުން ކަހަލަ" ކަމަށް ގޮންޒާލޯ ގާސިއާ ސިފަކޮށްފި
ފީފާ ކްލަބް ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް މެޑްރިޑްގެ ޒުވާން ތަރި, ގޮންޒާލޯ ގާސިއާ އާއި ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒްގެ އާ އަޅާކިޔުމަކީ "ހުވަފެނޕުގައި ދިރިއުޅެވުން ކަހަލަ" އިޙްސާސެއް ކުރުވާ ކަމެއްކަމަށް އޭނާ ބުނެފިއެވެ.
މުބާރާތުގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވާ އެއް ކުޅުންތެރިޔާ, ގާސިއާ ވަނީ ފަސް މެޗުން ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ.
21 އަހަރުގެ ކުޅުންިތެރިޔާ އާއެކު މުބާރާތުގެ ރަންބޫޓަށް ވާދަކުރަނީ މިހާރު މުބާރާތާއި އަލްވަދާއު ކިޔާފައިވާ އަލް-ހިލާލްގެ މާކޮސް ލެއަންދްރޯ އާއި, ބެންފީކާގެ އެންހެލް ޑި-މަރިއާއެވެ.
1990ގެ ފަހުކޮޅު ބޮޑު މަޝްހޫރުކަމެއްހޯދި ރައުލްއަށްފަހު މެޑްރިޑުން އެފެންވަރުގައި ގޯލާ ރައްޓެހި ކުޅުންތެރިއަކު އަދި އުފެދިފައެއް ނުވެއެވެ. ރެއާލަށް ކުޅުނު 741 މެޗުން އޭނާވަނީ 323 ގޯލް ކްލަބަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މި ރެކޯޑް ފަހުންވަނީ ކަރިސްޓިއާނޯ ރޮނާލްޑޯ އަދި ކަރިމް ބެންޒީމާ މުގުރާލާފައެވެ.
ރެއާލްގެ ބީ-ޓީމް ކަސްޓީލާއިން ސިދާ ރައުލްގެ އިރުޝާދުގެ ދަށުން ފައްކާކުރި ކުޅުންތެރިޔާއެކު ފުރަތަމަ ޓީމުގައި ރެއާލްގެ އާކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން މިހާރު އަންނަނީ ދެވަނަ ރައުލް އެއް ވުޖޫދުވަމުންނެވެ. ހުދު ކޯޗު އަލޮންސޯވެސް ވަނީ ގާސިއާގެ ކުޅުން ރައުލްއާ އެއްގޮތްކަމަށް ސިފަކޮށްފައެވެ.
"އެމީހުން (ސަޕޯޓަރުން) އަހަރެން ލެޖެންޑް ރައުލް އާ އަޅާކިޔާ. މި ޖަރޒީގައި އޭނާދެއްކި ކުޅުމުގެ އެއްބައި ދެއްކުނަސް އެއީ އަހަންނަށް ހުވަފެނެއްގައި އުޅޭވޭފަދަ އިޙްސާސެއް. އަހަރެން މިދަނީ މަސައްކަތްކުރަމުން, ފުރަުޞަތު ތަކަށް ފާރަލަމުން. އެކަމަކު އަހަރެން ހުވަފެނަކުންވެސް ނުދެކެން މިދުވަސް" ގާސިއާ ރިޕޯޓަރުންނަށް ބުނެފައި ވެއެވެ.
ގާސިއާ އިތުރަށް ބުނީ ކޯޗާއި ކުޅުންތެރިންވެސް އޭނާއަށް ވަރަށް ހިތްވަރުދޭ ކަމަށެވެ. މިވަގުތު ދުނިޔޭގައި ހުރި އެއްމެ މޮޅު އެއް ކުޅުންތެރިޔާ ކީލިއަންއާއެކު ދަނޑު ހިއްސާކުރެވޭތީވެސް އޭނާ ވަރަށް ނަސީބުގަދަ ކަމަށް ގަބޫލުކުރާ ކަމަށާއި, އެމްބާޕޭ ކައިރިންވެސް ވަރަށް ބައިވަރު އެއްޗެެހި ދަސްވާކަމަށް ގާސިއާ ބުނެފައި ވެއެވެ.
މުބާރަތުގެ ސެމީފައިނަލްލގައި އަންނަ ބުދަ ދުވަހު އެމެރިކާގެ ނިއު ޖަރޒީގަގައި ރެއާލް ބައްދަލުކުރާނީ ޔޫރަޕްގެ އެންމެފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއާއެވެ.
ރިއެކްޝަންސް






