އެސްޓަންވިލާ އިން ފަހުވަގުތު ޖެހި ގޯލްތަކުން ވުލްވްސްގެ މައްޗަށް ކުރި ހޯދައިފި
އެސްޓަން ވިލާއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރާ: ފޮޓޯ-އެސްޓަން ވިލާ

އެސްޓަންވިލާ އިން ފަހުވަގުތު ޖެހި ގޯލްތަކުން ވުލްވްސްގެ މައްޗަށް ކުރި ހޯދައިފި

26 days ago - 08:10
Sep 22, 2024 - 08:19

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އެސްޓަން ވިލާއިން ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރާ ކާމިޔާބުކޮށްފި އެވެ. އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މިމެޗުން ވިލާ މޮޅުވީ 3-1 ން ނެވެ. 

ވްލްވްސްގެ މައްޗަށް ވިލާއިން ކުރިހޯދީ ފުރަތަމަ ހާފުގައި ވްލްވްސް ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް މެޗުގެ ފަހު 15 މިނިޓްގެ ތެރޭގައި ކާމިޔާބުކުރި ދެ ގޯލާއެކުއެވެ.

މުޅި ފުރަތަމަ ހާފުގައިވެސް ރަނގަޅަށް ކުޅުނީ ވުލްވްސްއިންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ވްލްވްސް އަށް ލީޑު ނަގައިދިނީ މެތިއުސް ކޫނާއެވެ. 

އެސްޓަން ވިލާއަށް ކުޅުމުގެ ތެރެއަށް ރަނގަޅަށް ވަދެވުނީ ފަހު ހާފުގެ އެންމެ ފަހު ވިއްސަކަށް މިނިޓްތެރޭގައެވެ. ވިލާގެ ފުރަތަމަ ގޯލް 73 ވަނަ މިނިޓްގައި މޯގަން ރޮޖާސް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ ކުރިއަށް ކުޅެމުން އަންނަ އޮލީ ވަޓްކިންސްއެވެ.

Advertisement

މެޗުގެ ތެރެއަށް އެނބުރި އައިސް ވިލާގެ ކޮޅަށް ނަތީޖާ ބަދަލުކޮށްލީ 88 ވަނަ މިނިޓްގައެވެ. ޔޯރީ ޓިއެލެމަންސް ވަރަށް ރީތިކޮށް ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ވިލާގެ ދެވަނަ ގޯލް ކާމިޔާބު ކުރީ ޑިފެންޑަރު އެޒްރީ ކޮންސާއެވެ. 

އިތުރު ވަގުތުގެ 4 ވަނަ މިނިޓްގައި ވިލާގެ ތިންވަނަ ގޯލް މޯގަން ރޮޖާސް ދިން ޕާހަކުން ކާމިޔާބިކޮށްދިނީ ޖޯން ޑުރާން އެވެ. މިއީ މިސީޒަނުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow