ލަލީގާ: ދެވަނަ ހާފްގެ ގޯލް ތަކުން އެސްޕަނިޔޯލް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް
ރޮޑްރީގޯއާއި ވިނީޝިއުސް ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރެއާލް މެޑްރިޑް

ލަލީގާ: ދެވަނަ ހާފްގެ ގޯލް ތަކުން އެސްޕަނިޔޯލް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

26 days ago - 08:18
Sep 22, 2024 - 08:19

ދެވަނަ ހާފްގެ ގޯލް ތަކުން ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު އެސްޕަނިޔޯލް އަތުން ރެއަލް މެޑްރިޑް 1-4 ގެ މޮޅެއް ހޯދައިފިއެވެ.

ރެއާލްއިން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުންނަމަވެސް ފުރަތަމަ ފާހު ނިމުންއިރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. މެޗުގެ 54 ވަނަ މިނިޓްގައި ރެއާލްގެ ގޯލްކީޕަރު, ތިބޯޓް ކޯޓުއާ އަށް ހެދުނު ގޯހެއްގައި ފުރަތަމަ ގޯލް ވަނީ ރެއާލް މެޑްރިޑް ކޮޅަށެވެ.

ނަމަވެސް އޭގެ ހަރަތު މިނިޓްފަހުން 58 ވަނަ މިނިޓްގައި ޑިފެންޑަރު ޑެނީ ކަވަހާލް ވަނީ ނަތީޖާ އެއްވަރުކޮށްދީ ރެއާލްގެ ހާސްކަން ފިލުވާލާފައެވެ. 

އެސްޕަނިޔޯލްގެ ގޯލަށް ނުރައްކާކުރި ދެތިން މިނިޓްގެ ތެރޭގައި ރެއާލްއިން ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށް އެސްޕަނިޔޯލްގެ އުއްމީދުތައް ފުނޑުފުނޑު ކޮށްލާފައެވެ. ފަހު ހާފުގައި ކުޅެން ނިކުން ވިނީޝިއުސް ނަގައިދިން ވަރަށް ރީތި ހުރަހެއް ގޯލާ އަމާޒުކޮށް ފޮނުވާލައިން ރެއާލް އަށް ލީޑު ފުޅާކޮށްދިނީ ރޮޑްރީގޯ އެވެ. 

Advertisement

އޭގެ ދެ މިނިޓްފަހުން 78 ވަނަ މިނިޓްގައި ރެއާލްގެ ތިންވަނަ ގޯލް ޖެހީ ކައުންޓަރ އެޓޭކެއްގައި ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ވިނީޝިއުސް ޖޫނިއަރ އެވެ.

84 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން އެންޑްރިކްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ 90 ވަނަ މިނިޓްގައި ކާމިޔާބު ކޮށްގެން ރެއާލްގެ ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ.

14 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ބާސެލޯނާގެ ފަހަތުން ތާވަލްގެ ދެވަނައިގައެވެ. އަދި އެއް މެޗު އަތުގައި އޮތް ބާސެލޯނާ އާދިއްތަ ދުވަހު ނުކިންނާނީ ހަތަރު ވަނައިގައި އޮތް ވިޔަރެއާލްއާ ދެކޮޅަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow