ޑިއަޒް އަށް ބަޔާނުން ކުރި އޮފާ އަށްވެސް ނޫނެކޭ ބުނެ ލިވަޕޫލްގެ ކަޅި އިސާކްއަށް: މަސްދަރު
ލިވަޕޫލްއާއި ނިއުކާސަލްގެ މެޗެއްގައި އިސާކް. ފޮޓޯ: ބީބީސީ

ޑިއަޒް އަށް ބަޔާނުން ކުރި އޮފާ އަށްވެސް ނޫނެކޭ ބުނެ ލިވަޕޫލްގެ ކަޅި އިސާކްއަށް: މަސްދަރު

11 hours ago - 11:54
Jul 16, 2025 - 12:22

ބަޔާން މިއުނިކުން ލިވަޕޫލްގެ ފޯވާޑް ލުއިސް ޑިއަޒް ހޯދަން ހުށަހެޅި 58.6 މިލިއަންޑޮލަރުގެ ބިޑަށް ނޫނެކޭ ބުނެ ލިވަޕޫލްއިން ނިއުކާސަލްގެ ފޯވާޑް އަލެންސަންޑަރ އިސާކް ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މަސްދަރުތައް ބުނެފިއެވެ.

17 ގޯލާއެކު ޑިއަޒް ވަނީ ލިވަޕޫލްގައި އޭނާގެ އެންމެ ކާމިޔާބު ސީޒަން ނިންމާލާފައެވެ. 28 އަހަރުގެ ކުޅުންތެރިޔާގެ ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. ނަމަވެސް އޭނާ އެންފީލްޑް ދޫކޮށް ދާންއުޅޭ ވާހަކަތަކާއެކު ބަޔާނުގެ އަމާޒު ލިސްޓުގެ ކުރިއަށް ޑިއަޒް ވަނީ އަރާފައެވެ.

އިއްޔެ ބަޔާނުން ރަސްމީކޮށް ލިވަޕޫލަށް އަށް ހުށަހެޅި ބިޑާ ގުޅިގެން ކްލަބުން މި ހޫނު މޫސުމުގައ ޑިއަޒް ވިއްކުމަށް ހުސްނޫންކަމަށް ބަޔާނަށް އަންގާފައިވާކަމަށް މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެންގައި ބުނެފައި ވެއެވެެ. 

ޑިއަޒް ދޫކޮށްނުލާ, ލިވަޕޫލްއިން ކްލަބްގެ 9 ނަމަބަރުގެ ރީޕްލޭސްމަންޓެއް ހޯދުމުގެ ގޮތުން ނިއުކާސަލްގެ އަލެކްސަންޑަރ އިސާކްއަށް ޝައުގުވެރިކަން ފާޅުކޮށް, ކްލަބަށް އެކަމާ އެޕްރޯޗްކޮށްފައިވާކަމަށްވެސް އީއެސްޕީއެންއިން ވަނީ ބުނެފައެވެ.

Advertisement
Advertisement

އެހެން ނަމަވެސް ލިވަޕޫލްއިން ރަސްމީކޮށް އިސާކް ހޯދުމަށް ނިއުކާސަލްގައި އެދިފައި ނުވާކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ. 

ލިވަޕޫލްއިން ސެންޓަރ ފޯވާޑެއް  ހޯދުމަށް އަމާޒުހިފާފައި މިވަނީ  ޑާވިން ނުނޭޒްގެ ކުރިމަގާ ބެހޭގޮތުން ވަކިގޮތެއް އަދި ނުނިމި އޮށްވައެވެ. އުރުގުއާއިގެ ފޯވާޑް ހޯދުމަށް އިޓަލީގެ ނަޕޯލީން ވަނީ ޝާއުގުވެރިކަން ފާޅުކޮށްފައެވެ. 

ލިވަޕޫލްއިން ބޭނުންވި ނަމަވެސް މި ހޫނު މޫސުމުގައި އިސާކް ދޫކޮށްލަށް ނިއުކާސަލް އޮތީ ތައްޔާރަށް ނޫންކަމަށް ވެސް މަސްދަރުތައް ވަނީ ބުނެފައެވެ. ސްވިޑެންގެ ކުޅުންތެރިޔާ ފާއިތުވި ސީޒަންގައި ކުޅެދިން 102 މެޗުން 62 ގޯލް ކްލަބަށް ކާމިޔާބުކޮށްދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow