ފްލޯރިއަން ވާޓްޒް އަށް ލިވަޕޫލްއިން 116 މިލިއަން ޕައުންޑްގެ ޑީލަކަށް އެއްބަސްވެއްޖެ
ލެވަކޫސަންގެ ކުޅުންތެރިޔާ ފްލޯރިއަން ވާޓްޒް

ފްލޯރިއަން ވާޓްޒް އަށް ލިވަޕޫލްއިން 116 މިލިއަން ޕައުންޑްގެ ޑީލަކަށް އެއްބަސްވެއްޖެ

މިއީ ލިވަޕޫލްގެ ރެކޯޑް ފީއެއް

18 hours ago - 19:25
Jun 13, 2025 - 19:31

ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް ބަޔާން ލެވަކޫސަންއިން ލިވަޕޫލްއަށް ގެންދިއުމަށް ޗެމްޕިއަން ލިވަޕޫލްއިން 116 މިލިއަން ޕައުންޑްގެ ޑީލަކަށް އެއްބަސްވެފައިވާ ކަމަށް މަސްދަރުތައް ބުނެފިއެވެ.

އެއީ 22 އަހަރުގެ ވާޓްޒްގެ ފީގެ ގޮތުގައި 100 މިލިއަން ޔޫރޯ އަދި އިތުރު ކަންކަމުގެ ގޮތުގައި 16 މިލިއަން ޔޫރޯއެވެ. 

ނަމަވެސް އެ ބޯނަސް އަދަދަކީ ލިވަޕޫލްއިން ހާސިލްކުރަން ބޭނުންވާ ކާމިޔާބިތަކާ ހަމައަށް ވާސިލްވެވިއްޖެ ނަމަ ދޭގޮތަށް ކަނޑައެޅިފައިވާ ބޯނަހެކެވެ. އެހެން ކަމަށްވާނަމަ އެއީ އިންގިރޭސި ވިލާތުގެ ރެކޯޑެކެވެ. އަދި އެނޫންނަމަވެސް ލިވަޕޫލްއަށް މިއީ ރެކޯޑް ފީއެކެެވެ.

މީގެ ކުރިން ޗެލްސީންވެސް ބްރައިޓަންގެ މެދުތެރެއަށްކުޅޭ މޮއިސެސް ކެސީޑޯވެސް ގެނެސްފައިވަނީ ފުރަތަމަ ފީގެ ގޮތުގައި 100 މިލިއަން ޕައުންޑާއެކު އިތުރު ބޯނަސްއާއެކު 115 މިލިއަން ހޭދަކުރާގޮތަށެވެ.

Advertisement
Advertisement

ވާޓްޒް ހޯދުމުގެ ރޭހުގައި މީގެ ކުރިން މެންޗެސްޓަރ ސިޓީއާއި ބަޔާން މިއުނިކްވެސް ވަނީ ވާދަކޮށްފައެވެ. ނަމަވެސް އެހާ ބޮޑު ފީއެއްގައި ކުޅުންތެރިއަކު ގެނައުމަކީ މިވަގުތަށް ސިޓީއަށް މާލީ ގޮތުން ކުރަން އެންމެ ރަނގަޅު އިންވެސްޓަމަކަށް ނުވެދާނެތީ ސިޓީން މާކުރިންވަނީ މި ޜޭހުން ވަކިވެފައެވެ.

ވާޓްޒް ވެސް ބޭނުންވަނީ އެންފީލްޑަށް ބަދަލުވުމަށް ކަމަށް މަސްދަރުތައް ބުނެފައި ވެއެވެ. ވާޓްޒްއަކީ މި ހޫނު މޫސުމުގައި ލިވަޕޫއަށް ގެނައި ދެވަނަ ކުޅުންތެރިިޔާއެވެ. މީގެ ކުރިން ލެވަކޫސަން ގެ ޖެރެމީ ފްރިމްޕޮންގް ވެސް ވަނީ ލިވަޕޫލްއަށް ސޮއިކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow