
ޗެލްސީން ކޮންފަރެންސް ލީގު އުފުލާލި މެޗުގައި ބެޓިސް އާ ދެކޮޅަށް ތަފާތުދެއްކި ކުޅުންތެރިއަކީ ޕާމާ
ރޭ ކޮންފަރެންސް ލީގު ފައިނަލްގައި 4-1 ން ރެއާލް ބެޓިސް ބަލިކޮށް ޗެލްސީން ވަނީ ޓޮޑް ބޮއޭލީގެ އިރުޝާދުގެ ދަށުން ކްލަބުގެ ފުރަތަމަ ތަށި ހޯދާފައެވެ. މެޗުގައި ގޯލެއް ކާމިޔާބު ނުކުރިނަމަވެސް މެޗުގައި އެންމެބޮޑު ތަފާތެއް ދެއްކި ކުޅުންތެރިއަކީ ކޯލް ޕާމާއެވެ.
1.7 ބިލިއަން ޕައުޑް ހޭދަކޮށް މި ސީޒަނުން ޗެލްސީން އެތައް ހުނަރުވެރި ކުޅުންތެރިން ގެނައެވެ. ނަމަވެސް 37.5 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީން ޗެލްސީއަށް ގެނައި ޕާމާ ރޭގެ މެޗުގައި ސާބިތުކޮށްދިނީ އޭނާއަށްވުރެ ވަކިން މުހިއްމު ކުޅުންތެރިއަކު ޗެލްސީގައި ނެތްކަމެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ން ރެއާލް ބެޓިސް ކުރީގައި އޮވެގެންނެވެ. ފަހަތުން އަރާ ޗެލްސީއަށް 56 ނަތީޖާ އެއްވަރުކޮށް އަދި 70 ވަނަ މިނިޓްގައި ލީޑު ނެގުމަށް ދެފަހަރުވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ޕާމާއެވެ. މުޅި ފަހު ހާފުގައި ވެސް ޗެލްސީގެ ފަރާތުން ފެނިގެންދިޔައީ ޕާމާގެ އާދާޔާހިލާފް މޮޅު ކުޅުމެވެ.
މެޗުގައި ޗެލްސީގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކުރީ އެންޒޯ ފެނާންޑޭޒް އަދި ނިކޮލަސް ޖެކްސަން އެވެ. ތިންވަނަ ގޯލް 83 ވަނަ މިނިޓްގައި ޖޭޑަން ސަންޗޯ ކާމިޔާބުކުރިއިރު އިތުރު ވަގުތުގައި ފަހު މެޗު ކާމިޔާބުކުރީ މޮއިސިސް ކެއިސީޑޯއެވެ.
"ޕާމާ އަކީ 'އެބްސޮލިއުޓް ޖީނިއަސް' އެއް. އަހަރެމެން މިކަހަލަ ކުޅުންތެރިން ނުއުފައްދަން. އެމީހުން ގަހަކުން މިތަނަށް ވެއްޓޭނީ" މެޗަށްފު ޗެލްސީގެ ކުރީގެ ވިންގާ ޖޯއެ ކޯލް ޓީއެންޓީ ސްޕޯޓްސްގައި ވާހަކަ ދައްކަމުން ބުންޏެވެ.
ކޯލް ބުނީ ރޭގެ މެޗުގެ މުޅި ނަތީޖާ އަނބުރާލި ކުޅުންތެރިއަކީ ޕާމާ ކަމަށާއި, އެފަދަ ގޮތަކަށް މެޗެއްގެ ނަތީޖާ އަބުރާލުމުގެ ގާބިލްކަށް ވަރަށްމަދު ކުޅުންތެރިއެއްގެ ކިބައިގައި ނޫނީ ނުހުންނާނެ ކަމަށެވެ.
ޗެލްސީގެ ކުރީގެ ގޯލްކީޕަރު މާކް ޝްވާޒާވެސް ވަނީ ބީބީސީ ޝޯވް ގައި މެޗާގުޅޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ވަނީ ޕާމާގެ ހުނަރު ރޭގެ މެޗުގައި ފެނިގެންދިޔަ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ޕާމާ އަކީ ޒުވާންކުުޅުންތެރިއެއްނަމަވެސް ދެވަނަ ހާފުގައި އޭނާގެފަރާތުން ފެނިގެންދިޔައީ އޭނާއަކީ ތަސަރައްރަފް ފުދިފައި ހުރި ކުޅުންތެރިއެއްކަން ޝްވާޒާ ވަނީ ފާހަގަކޮށްފައެވެ.
"ޗެލްސީއަށް ގޭމް އޮތީ ގެއްލިފަ ޕާމާގެ ކުޅުން އޭނާ ދައްކާލަންދެން. ޤަބޫލުކުރަން ދަތި ދެ ބޯޅަ. ޤަބޫލުކުރަންދަތި ދެ ގޯލް. އަޖައިބެއްފަދަ ކުޅުންތެރިއެއް" ވެސްޓްހެމްގެ ފޯވާޑް މިކެއިލް އެންޓޯނިއޯވެސް ޓީއެންޓީ ޝޯވ ގައި ޕާމާއާ ބެހޭގޮތުން ބުންޏެވެ.
ރިއެކްޝަންސް






