އިޒްރާއިލްގެ އިން ޔަމަނުގެ މައި އެއަރޕޯޓަށް ދިން ހަމަލާގައި ހައްޖުވެރިން ދަތުރުކުމަށް ހަަމަޖެހިފައި އޮތް ބޯޓު ހަލާކުކޮށްލައިފި
އިޒްރާއިލްއިން ޔަމަނުގެ އެއަރޕޯޓަށް ދިން ހަމަލާގައި ތިންދާބޯޓެއް ހަލާކުވެފައި

އިޒްރާއިލްގެ އިން ޔަމަނުގެ މައި އެއަރޕޯޓަށް ދިން ހަމަލާގައި ހައްޖުވެރިން ދަތުރުކުމަށް ހަަމަޖެހިފައި އޮތް ބޯޓު ހަލާކުކޮށްލައިފި

މިއީ އާންމުން އުފުލަށް އޮތް ހަމައެކަނި ބޯޓް

2 days ago - 22:44
May 28, 2025 - 23:10

ޔަމަނުގެ ވެރިރަށް ސަނާގެ މައި އެއަރޕޯޓަށް މިއަދު އިޒްރާއިލްއިން ދިން ހަމަލާތަކުގައި ހައްޖުވެރިން ގޮވައިގެން ސައުދިއެރޭބިއާއަށް ފުރަން ތާވަލްކޮށްފައި އޮތް މަތިންދާބޯޓު ހަލާކުކޮށްލައިފިއެވެ. އަލްޖަޒީރާއިން ޔަމަނުގެ އޭވިއޭޝަން ޑޭޓާ މެދުވެރިކޮށް މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ސަނާ އިންޓަނޭޝަލް އެއަރޕޯޓްގެ ޖެނެރަލް ޑިރެކްޓަރ ހާލެދް އަލް-ޝައޭފް އެކްސްގައި ކުރި ޕޯސްޓެއްގައިވެސް ވަނީ ސަނާ އެއަރޕޯޓްގައި އާންމުން އުފުލުމަށް ބޭނުންކުރާ ހަމައެކަނި މަތިންދާ ބޯޓް ހަލާކުވެފައިވާކަން ޔަޤީންކޮށްދީފައެވެ.

އިޒްރާއިލްއިންވެސް ވަނީ ޔަމަނުގެ ވެރިރަށް ސަނާ އެއަރޕޯޓަށް ވައިގެ ހަމަލާތަކެއް ދީފައިވާކަމަށް ބުނެފައެވެެ. މި ހަމަލާތައް ދީފައިވަނީ ޔަމަނުގެ ހޫތީން އިއްޔެ އިޒްރާއިލްއަށް ދެ ޕްރޮޖެކްޓައިލް ފޮނުވާލާފައި ވަނިކޮށް އެކަމުގެ ރައްދު ދިނުމުގެ ގޮތުންނެވެ.

ޔަމަނުގައި ހޫތީން ހިންގާ އަލް-މަސްރިއާ ޓީވީން ވަނީ ޔަމަނުގެ އެއަރޕޯޓްގެ ރަންވޭއަށް އިޒްރާއިލްގެ ހަތަރު މިސައިލް ހަމަލާ އަރާފައިވާކަމަށް ބުނެފައެވެ. 

Advertisement
Advertisement

"އަަހަރެމެން ޓެރަރިސްޓުންނަށް ހަމަލާ ދީ އެމީހުން އަތުގައި އޮތް އެންމެ ފަހު ބޯޓުވެސް ހަލާކުކޮށްލައިފިން. މިއީ އަހަރެމެން ދޭ ވަރަށް ސާފު މެސެޖެއް. އިޒްރާއިލްއަށް ހަމަލާއެއް ދޭ ކޮންމެ ބަޔަކަށް އޭގެ އަގު ބޮޑުކޮށް އަދާކުރަން ޖެހޭނެ. އެއީ އަހަރެމެންގެ ޕޮލިސީ" އިޒްރާއިލްއިން ޔަމަނަށް ހަމަލާދިންކަށް ކަށަވަރުކޮށްދެމުން ޔަހޫދީ ދިފާއީ ވަޒީރު, އިޒްރާއިލް ކާޓްޒް ބުނެފައި ވެއެވެ.

އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހުވެސް ވަނީ އިޒްރާއިލް އަށް އަންނަ ކޮންމެ ނުރައްކަލަކަށް އެންމެ މަތީ ދަރަޖައިގެ ބާރާއެކު ކުރިމަތިލާނެކަމަށް ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow