300 އެއްހާ ބަލިމީހުންނަށް ޖިންސީ އަނިޔާކުރި ފްރާންސްގެ ޑޮކްޓަރަކަށް 20 އަހަރުގެ ޖަލު ހުކުމެއް!
ހުކުމް އިއްވުމުގެ ކުރިން ކޯޓު ސަރަހައްދުގައި އިންސާފު ހޯދަން ގޮވާލާ ޕޯސްޓަރުތަކެއް ބަހައްޓަނީ. ފޮޓޯ: އޭޕީ

300 އެއްހާ ބަލިމީހުންނަށް ޖިންސީ އަނިޔާކުރި ފްރާންސްގެ ޑޮކްޓަރަކަށް 20 އަހަރުގެ ޖަލު ހުކުމެއް!

2 days ago - 21:55
May 28, 2025 - 23:10

ފްރާންސްގެ ހޮސްޕިޓަލެއްގައި 300 އެއްހާ ބަލިމީހުންނަށް ޖިންސީ ހާނިއްކަ ކުރި ޑޮކްޓަރަކަށް އެގައުމުގެ ކޯޓަކުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މިހާރު ރިޓަޔަރ ކޮށްފައިވާ އުމުރުން 74 އަހަރުގެ ހޮއެލް ލެ ސްކޮއުނެކް 25 އަހަރުގެ ތެރޭގައި ޖިންސީ އަނިޔާދިން މީހުންގެ ތެރޭގައި ގިނަ އަދަދެއްޖެ ކުޑަކުދިންވެސް ހިމެނެއެވެ. ޖިންސީ ހާނިއްކަ ކޮށްފައިވަނީ ހޭނައްތާފައިވާ ހާލަތުގައި ވަނިކޮށެވެ. 

ކޯޓުގައި ސްކޮއުނެކްވަނީ ފްރާންސް ސިއްސުވާލީ ރޭޕް ކޭސްއެެއްގައިވެސް އޭނާ ބައިވެރިވެފައިވާކަމަށް އިއުތިރާފް ވެފައެވެ. ފްރާންސްގެ ބްރިޓަންނީ  ކޯޓުން ސާޖަރީ ޑޮކްޓަރަށް ބުދަ ދުވަހު އިއްވާފައިވާ ހުކުމަކީ މި ފަހުގެ ތާރީޙްގައި ފްރާންސްގައި އެންމެގިނަ ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރި ކޭސްއެވެ.

ފްރާންސް ސިއްސުވާލި ދިހަވަރަކަށް އަހަރަށްދެމިގެންދިޔަ މާސިންގާ ރޭޕް ކޭސްތަކުގައި ހިމެނުނު  އިތުރު 51 ފިރިހެނުން ވަނީ ކުށްވެރިވެފައިވާ ކަމަށް ޑިސެމްބަރު މަހު ކަނޑައަޅާފައެވެ.

ޑޮކްޓަރުގެ ޖިންސީ އަނިޔާއާ ގުޅޭ ކޭސްގެ ކޯޓުއަޑުއެހުން ތަކުގައި އޭނާ ވަނީ 299 ކުދިން ރޭޕްކުރިކަމަށް ނުވަތަ ޖިންސީ އަނިޔާ ދީފައިވާކަމަށް އިއުތިރާފް ވެފައެވެެ. އޭގެ ތެރޭގައި 15 އަހަރުން ދަށުގެ 256 ކުދިންވެސް ހިމެނެއެވެ. އެހުރިހާ ކުދިންނަށްވެސް ޖިންސީ ހާނިއްކަ ކޮށްފައިވަނީ ފްރާންސްގެ ދެކުނުގެ ހިސާބެއްގެ ހޮސްޕިޓަލްގައި މަސައްކަތް ކުރި ދުވަސްވަރުއެވެ.

Advertisement
Advertisement

ޑޮކްޓަރުގެ މި އަމަލުތައް ހިންގާފައިވަނީ 1989 ން 2014 އާ ހަމައަށެވެ. ޖިންސީއަނިޔާކުރީ އެމީހުން ހޭނައްތާފައި  ނުވަތަ ސާޖަރީއަށްފަހު އެމީހުން ހޭލެވުމުން ދަނިކޮށްކަމުގައިވެސް ޑޮކްޓަރު ވަނީ ކޯޓުގައި ބުނެފައެވެ. 

ސްކޮއުނެކްގެ މައްޗަށް ރޭޕްގެ 111 ދައުވާ އަކާއި ޖިންސީ ހާނިއްކަ ކުރުމުގެ 189 ދައުވާއެއް އުފުލާ, އަޑުއެހުންތައް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ކޯޓޕުގެ ހުރިހާ މަރުހަލާއެއްގައިވެސް އޭނާ ވަނީ އޭނާ ކޮށްފައިވާ މުޑުދާރު އަމަލުތަކަށް އެއްބަސްވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow